މީގެ ކުރިން ހިނގި އެކްސިޑެންޓެއް—
މީގެ ކުރިން ހިނގި އެކްސިޑެންޓެއް—
މާލޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ، މާލޭގެ ބޮޑުތަކުރުފާނުމަގުން ހުޅަނގުން އިރަށް ދުއްވާފައިދިޔަ ސައިކަލެއް ސްޓެލްކޯ ކައިރި ބަސް ސްޓޮޕްގައި އޮތް އެމްޓީސީސީ ބަހެއްގެ ފަހަތުގައި ޖެހި އަދި މަގުގެ އަނެއް ފަރާތުގައި އޮތް ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 8:00 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ސައިކަލް ދުއްވި މީހާއަށް މި އެކްސިޑެންޓްގައި އަނިޔާވެގެން އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން ކަމަށާއި އެކްސިޑެންޓްވި ސައިކަލާއި ބަހަށް އަދި ކާރަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

ސައިކަލް ދުއްވަން އިން މީހާ އަތުގައި ސައިކަލް ދުއްވުމުގެ ލައިސަންސް ނެތްކަން ވެސް ފާހަގަ ކުރެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން