އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ މަގާމުގައި މިހާރު ހުންނެވި ނާއިބު ރައީސް އިސްމާއިލް ހަބީބްގެ ދައުރު ހަމަވާތީ އޭނާގެ ބަދަލުގައި އެ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވި ހަސަން ޒަކަރިއްޔާގެ ނަން ފޮނުވައިފި އެވެ.

ހަބީބްގެ ދައުރު ހަމަވާނީ އަންނަ މަހު 13 ވަނަ ދުވަހު އެެވެ. މިއީ އޭނާގެ ދެވަނަ ދައުރުވެސް މެއެވެ. އެެހެންވެ ހަބީބަށް ދެން އިތުރު ދައުރަކަށް ކުރިމައްޗެއް ވެސް ނުލެވޭނެ އެވެ.

އެހެންވެ އެ މަގާމަށް ބޭފުޅަކު އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޒަކަރިއްޔާގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފަ އެވެ.

"ވީމާ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން، ހަސަން ޒަކަރިއްޔާގެ ނަން ފާސްކޮށްދެއްވުން އެދި ދެންނެވީމެވެ." ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ.

ޒަކަރިއްޔާގެ ނަމާއެކު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވި އެހެން 13 ބޭފުޅެއްގެ ނަން ވެސް ރައީސް މުއިއްޒު ވަނީ މަޖިލީހަށް ފޮނުއްވައިފަ އެެވެ.

މެމްބަރަކު އައްުޔަނުކުރުމާ ގުޅޭ މައްސަލަ މިއަދު ވަނީ މަޖިލީހުގެ މިިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން