މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލް މަގާމުން ވަކިކުރައްވައިފި އެވެ.

ރާއްޖޭގެ އޮންލައިން ނޫހަކަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނާއިބު ރައީސް މަގާމުގައި ވެސް ހުންނެވި ހުސެއިން އިސްމާއިލް ވަނީ ސްޓޭޓް މިނިސްޓަރުގެ މަގާމުން ވަކިކޮށްފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް މަގާމުން ވަކިކުރެއްވި ސަބަބު އެނގިވަޑައި ނުގަންނަވާ ކަމަށް ހުސެއިން ވިދާޅުވެފައިވެއެވެ.

ހުސައިން އިސްމާއީލް ވިދާޅުވީ މަގާމުން ވަކިކުރިކަން ރޭ ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ. އަދި ވަކިކުރިކަން އެންގި ލިޔުމުގައިވާގޮތުން ހުސައިން މަގާމުން ވަކިކޮށްފައިވަނީ ރައީސަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ހުސައިން އިސްމާއީލް، މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރެއްވީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން