މަސްވެރިން ކުރަމުންދާ މުޒާޙަރާތައް ހުއްޓާލުމަށް ފަހު އާމްދަނީ ހޯދަން މަހަށް ނުކުތުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ޝިޔާމްއާ ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގެ ތެރެއިން ދާންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔައުގޫބު ވިދާޅުވީ މިހާރުވެސް ހުވަދޫ ހުރިހާ މަސްވެރިން ތިބީ މުޒާހަރާގައި ކަމަށެވެ.
އެހެންވެ މަސްވެރިންނަށް ދައްކަން ޖެހޭ ފައިސާ މިއަދު ހަލާސްކުރެވޭނެތޯ އޭނާ ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ކުއްޑޫ އާއި އައްޑޫ ސިޓީގައި ވެސް މަސްވެރިން ތިބީ މުޒާހަރާގައި ކަމަށެވެ.
އެހެން ނަމަވެސް އެގޮތަށް މުޒާހަރާގައި ނުތިބުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.
"އަޅުގަނޑު މި އެދެނީ އެެންމެ ދުވަހެއްގެ އާމްދަނީ ވެސް މަދުނުކޮށް މުޒާހަރާ ހުއްޓާލާފަ މަސްވެރިން ހަމަ އާމްދަނީ ހޯދުމަށްޓަކައި މަހަށް ވަޑައިގަންނަވާށޭ. އަޅުގަނޑުމެން އޮންނާނީ މި ފައިސާ ދޭނެ ގޮތް މަސްވެރިންނަށް ހިއްސާކޮށްފައި." މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން 100 މިލިއަން ރުފިޔާ މި މަހުގެ 26ގެ ކުރިން އަދި ބާކީ ހުރި ފައިސާ އަންނަ މަހުގެ ފަހެއްގެ ކުރިން ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު