ލަސްވިޔަސްގެ ޕޯސްޓަރެއް
ލަސްވިޔަސްގެ ޕޯސްޓަރެއް
ރާއްޖޭގެ ފިލްމު އިންޑަސްޓްރީ ބަދަލުކޮށްލި ޑައިރެކްޓަރު މުހައްމަދު ނިޔާޒް(ޓެޑްރީ) ޑައިރެކްޓްކޮށް ނެރޭ ފިލްމު "ލަސްވިޔަސް"ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ލަސްވިޔަސްގެ ޓްރެއިލާ އިންސްޓަގްރާމާއި ފޭސްބުކަށް ދޫކޮށްލާފައި ވާއިރު އެ ފިލްމު ސިނަމާއަށް ގެންނަން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހު އެވެ.

މިއީ "ދެރިޔާ"އަށް ފަހު ޓެޑްރީ ޑައިރެކްޓްކުރާ ދެވަނަ ފީޗަރ ފިލްމެވެ.

ލަސްވިޔަސްގައިވެސް ދެރިޔާގެ މަޝްހޫރު ލަވަ "އާދޭ މިއަދުދާން" ބެކްގްރައުންޑް މިއުޒިކްގެ ގޮތުގައި ބޭނުންކޮށްފައި ވެއެވެ.

މި ފިލްމުގައި ކެންސަރާ ހަނގުރާމަކުރާ ކުޑަ ކުއްޖެއްގެ ވާހަކަ ކިޔައިދޭއިރު އެ ރޯލު ކުޅެނީ ރާއްްޖޭގެ ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން އެވެ. އޭގެ އިތުރުން އަހުމަދު އީސާ(އާނަންދު)، ވާޝިޔާ މުހައްމަދު، ރީކޯ މޫސާ މަނިކު އަދި ކުރީގެ ބަތަލާ ފައުޒިއްޔާ ހަސަންވެސް މުހިންމު ރޯލުތައް އަދާކޮށްފައިވެއެވެ.

މީގެ ކުރިން ޓެޑްރީ ވަނީ "އަމާނާތް"ގެ ނަމުގައި ފިލްމެއް ޕްރޮޑިއުސްކޮށްވެސް ގެނެސްދީފަ އެވެ. އެ ފިލްމު ވެސް ވަނީ ހައުސްފުލް ގިނަ ޝޯތަކެއް ދައްކާފަ އެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން