އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ކަމުގެ މަޤާމަށް ތިންވަނަ ދައުރަކަށް މިހާރު ވެސް އެ މަގާމް ފުރުއްވަމުން އަންނަ ރައީސް މުހައްމަދު ތޮލާލް ބޮޑު އަޣުލަބިއްޔަތަކާއިއެކު އިންތިޚާބުވެވަޑައިގެންފިއެވެ.

ހެންވޭރު ބޯޅަ ގޭގައި ކުރިޔަށްދިޔަ އެތުލެޓިކްސް އެސޯސިއޭޝަނުގެ އިންތިޚާބުގައި އެ އެސޯސިއޭޝަންގެ ރައީސް ކަމުގެ މަޤާމަށް ތޮލާލް އިންތިޚާބުވީ ޔަޒްނީ ނަޝީދާ ވާދަކޮށްގެންނެވެ. ރައީސް ކަމުގެ މަޤާމަށް ކުރިމަތިލެއްވި ތޮލާލަށް ފަނަރަ ވޯޓު ލިބިފައިވާއިރު، ޔަޒްނީ ނަޝީދަށް ލިބިފައިވަނީ އެންމެ ވޯޓެކެވެ.

އެތްލެޓިކްސް އެސޯސިއޭޝަންގެ ނާއިބު ރައީސް އާއި ހަޒާންދާރު އަދި އަންހެން މެމްބަރުކަމުގެ މަޤާމަށް އެންމެ މެމްބަރަކު ކުރިމަތިލައްވާފައިވާތީ މި މަޤާމްތައް ކަނޑައެޅީ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންނެވެ. އެގޮތުން ނާއިބު ރައީސް ކަމުގެ މަޤާމަށް އަޙުމަދު އަޒީލް، ހަޒާންދާރުގެ މަޤާމަށް މުސްތަފާ މުހައްމަދު އަދި އަންހެން މެމްބަރުކަމުގެ މަޤާމަށް ޔާސްމީން ޢަބްދުﷲ އިންތިޚާބުވީ ފެންނަ ނުފެންނަކަމަށް ނެގި ވޯޓުގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ. މިއިންކޮންމެ މެމްބަރަކަށްވެސް ވޯޓް ލިބިވަޑައިގެންފައިއެވެ. މިބޭފުޅުންނަށް ވޯޓް ނުދެއްވީ ރައީސްކަމުގެ މަޤާމަށް ވާދަކުރެއްވި ޔަޒްނީއެވެ.

އިންތިޚާބުގައި ވޯޓުލައިގެން އިންތިޚާބްކުރި އާންމު މެމްބަރުންގެ މަޤާމަށް 5 ބޭފުޅަކު ވަނީ ވާދަކުރައްވާފައެވެ. އެކްސްކޯ މެމްބަރުންގެ ގޮތުގައި އިންތިޚާބުވި ތިން މެމްބަރުންނަކީ މުހައްމަދު ޝުޖާއު، 15 ވޯޓް، ދުވުންތެރިޔާ އަހުމަދު ޝަގީފް (ރިވަރިން) 14 ވޯޓް، އަދި ހުސެއިން އަމީން ނަސީރު 13 ވޯޓް، ދެން ވާދަކުރެއްވި މުހައްމަދު ޝާހިދު (ޝާޑު) އަށް ދެ ވޯޓް ލިބުނުއިރު، ކުރީގެ ދުވުންތެރިޔާ އިބްރާހީމް އުމަރު (ވިއްސަ) އަށް ލިބުނީ އެންމެ ވޯޓެކެވެ.

އެކްސްކޯގެ އަންހެން މެމްބަރުގެ މަގާމް ކާމިޔާބުކުރެއްވީ އެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް ޔާސްމީން އަބްދުﷲ އެވެ. އޭނާ ވަނީ 15 ވޯޓް ހޯއްދަވައިފަ އެވެ.

ކޮންގްރެސްގައިވަނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި، މިދިޔަ އަހަރުގެ ކޮންގްރެސްގެ ޔައުމިއްޔާވެސް ފާސްކޮށްފައެވެ. އަދި މިއަހަރުގެ ބެޖެޓާއި، މިއަހަރުގެ ކަލަންޑަރުވެސް ފާސްކޮށްފައިވެއެވެ. ކޮންގްރެސްއަށް ވަނީ ހިންގާ ކޮމިޓީން ޤަރާރެއްގެ ގޮތުގައި ކޯވިޑް-19 އާއި ގުޅިގެން ބައިނަލްއަގުވާމީ މުބަރާތްތަކުގައި ބައިވެރިވުން މަޑު ޖައްސާލައި، އެހެނިހެން މުބާރާތްތައްވެސް ނުބޭއްވުމަށް ފާސްކޮށްފައެވެ.

އެސޯސިއޭޝަނުގެ ރައީސްގެ މަގާމް 2012 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން ގެންދަވާ ތޮލާލްގެ ދައުރުގައި ރާއްޖެއިން ވަނީ އެތުލެޓިކްސްގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. އޭގެ ތެރޭގައި 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖެ ރަން މެޑަލް ހޯދުން ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން