މާލެސިޓީގެ މޭޔަރު ކަމަށް އުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރު ހޮވަންވީ ސަބަބުތައް ވަރަށްވެސް ގިނައެވެ. ދިވެހިރާއްޖޭގެ ބަންޑާރަ ނައިބުކަން ތިން ސަރުކާރެއްގައި ކޮށްފައިވާ އުސްތާޒާ އާއިޝަތު އާޒިމާ އަކީ ފާއިތުވި ދުވަސްތަކުގައި ދިވެހި ގައުމަށް އެންމެ މުހިންމު ވަގުތުތަކުގައި ގައުމުގެ ދިފާއުގައި ތެދުވެދިން ހިތްވަރުގަދަ ކަނބަލަކެވެ. އާޒިމާ އަކީ ފުރުސަތަކަށް ބޭނުންވެ ނަމަވެސް ކުރިއަށްދާނެ ގޮތެއް ނެތިފައި ތިބި އެތައް އަންހެނުންނެއްގެ އަތުގައި ހިފައިގެން މަގުދައްކާ ކުރިއަށްދާންވީ ގޮތްތައް ހޯދައިދިން ނަމޫނާ ކަނބަލަކެވެ.

އާޒިމާ ހޮވަންވީ ވޭތުވެދިޔަ ތަނުގައި ދެއްކި ހިތްވަރާއި، ކެރުންތެރިންކަމާއި ދިވެހި ގައުމަށްޓަކައި ކޮށްދީފައިވާ މިންނެތް މަސައްކަތުން ދެންވެސް ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ކަމެއް ކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އާޒިމާއަށް އޮތުމުންނެވެ.

އާޒިމާގެ ފާހަގަކުރެވޭ ބައެއް ހިދުމަތްތައް:

ދިވެހިރާއްޖޭގެ މައިދޮރާށި ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށް އަނބުރާ ހޯދައިދިނުމަށް އާޒިމާ ކުރެއްވީ ވަރުގަދަ ޖިހާދެކެވެ. އެތައް ފައިދާތަކެއް ރައްޔިތުންނަށް ވަމުންދިޔަ އެއަރޕޯޓް ބޭރުގެ ބަޔަކަށް ދިނުމުން ރައްޔިތުން ގެއްލެމުންދިޔަ އެތައް މިލިއަން ރުފިޔާއެއް އަނބުރާ ދިވެހިންނށް ލިބެންފެށީ އާޒިމާގެ މިންނަތާއި މަސައްކަތުންނެވެ. މިފަހުން ދިވެހިންގެ މަސްކަނޑުން ގެއްލުނުބައި އަނބުރާ ހޯދަންވެސް އާޒިމާގެ ގާބިލިއްޔަތު ތަންދިން އެންމެ ބޮޑަކަށް ދަނީ މަސައްކަތްކުރަމުންނެވެ. މީގެން ކޮންމެ ކަމަކުންވެސް އެނގިގެންދަނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށް އެކަމަނާގެ ހިތުގައި އޮތް ލޯތްބެވެ.

އާޒިމާއަކީ ނިމިގެންދިޔަ ތިން ވެރިކަމެއްގައި ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެން ރާއްޖޭގެ ފުރަތަމަ އަންހެން އެޓަރނީ ޖެނެރަލްވެސްމެއެވެ. އެތައް ތަޖުރިބާއަކާއެކު މިއަދު މާލެ ސިޓީގެ މޭޔަރުކަމަށް އާޒިމާ ހޮވަންޖެހެނީ ގާނޫނީ ގޮތުން ރައްޔިތުންނަށް ލިބެންޖެހޭ ހުރިހާ ހައްގުތަކާއި ގައުމާއި ރައްޔިތުންގެ ހާލަތު އާޒިމާއަށް ރަނގަޅަށް އެނގޭނެތީއެވެ.

އާޒިމާ ހޮވަންވީ ނިގާބުއަޅާ އަންހެނުންނަށް ކިޔެވުމާއި ވަޒީފާ އަދާކުރުމުގެ ހައްގު ހޯދައިދިނުމަށް މީގެކުރިންވެސް ކޮށްދީފައިވާ މަސައްކަތް ފެނިފައިވާތީއެވެ. ރައްޔިތުންނާއި ގާތުން މަސައްކަތްކުރުމުގައި އާޒިމާގެ ކެރުންތެރިކަމާއި ތަޖުރިބާއާއި މަސައްކަތުގެ އަހުލާގަކީ މާލެ ސިޓީގެ މޭޔަރަކަށް ހޮވަން ޖެހޭ ސަބަބެވެ. މިއަދުވެސް މާދަމާވެސް އަދި ހާލަތު ތަންދިން އެންމެ ބޮޑަކަށް އާޒިމާ އިސްކުރާނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމެވެ. ސަރުކާރާއި ގުޅިގެން މަސައްކަތްކޮށް ރައްޔިތުންނަށް ފެހި ފަހި މާދަމާއެއް ހޯދާދިނުމަށް އާޒިމާ ހޮވަންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން