ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން ގެ ކޮއްކޮ އަރްބާޒް ޚާން ދެވަނަ ކައިވެންޏެއް ކޮށްފިއެވެ.

މިހާރު އުމުރުން 60 ކައިރިކުރާ ބޭބެ ސަލްމާން މިހާތަނަށް ކައިވެނިކޮށްފައި ނުވިނަމަވެސް އަރްބާޒް ވަނީ ޒުވާން އުމުރުގައި ފުރަތަމަ ކައިވެނިކޮށްފައެވެ. މިކައިވެނި ކުރެވިފައިވަނީ 1998 ގައި ލޯބިވެރިޔާ މަލައިކާ އަރޯރާއާއެވެ. އެހެން ނަމަވެސް، 2017 ވަނަ އަހަރު މި ދެމީހުން ވަނީ ވަރިވެފައެވެ. އަދި އެދެމީހުން ވަކިވިއިރު ފިރިހެން ދަރިއަކު ލިބިފަައިވެއެވެ.

24 ޑިސެމްބަރ 2023 ވީ އާދީއްތަ ދުވަހު ބޭއްވި ހަފްލާއެއްގައި އަރްބާޒް، 56 މީގެ 9 މަސްކުރިން ލޯބީގެ ގޮތުން ގުޅުނު ޝުރާ ޚާން، 41 އާއިއެވެ. އަދި މިކައިވެނި ކުރިއިރު، 09 މަސްވީ މި ދެމީހުންގެ ގުޅުމާއި ބެހޭގޮތުން މީޑިއާތަކުގައި އެއްވެސް ވާހަކައެއް ދައްކާފައި ނުވެއެވެ.

އެއާއި ޚިލާފަށް އަރްބާޒްގެ ކުރީގެ އަންހެނުން މަލައިކާއާއި އޭނާގެ ލޯބިވެރިޔާ އަރްޖުން ކަޕޫރްގެ ވާހަކަ މީޑިއާތަކުގައި ވަރަށް ބޮޑަށް ދެކެވެއެވެ. އެދެމީހުން އަވަހަށް ކައިވެނިކުރާނެ ކަމަށް މީހުން ބުނަމުންދިޔަނަމަވެސް މަލައިކާއާއި އަރްޖުން އެއްގޮތަކަށްވެސް ކައިވެނި ކުރަން ނުވިސްނާ ކަމަށް ބުނެފަވެއެވެ. އަރްޖުންއަކީ މަލައިކާއަށްވުރެ 12 އަހަރު ހަގު ބަތަލެކެވެ.

މޭކަޕް އާޓިސްޓެއް ކަމުގައިވާ ޝުރާއާއި އަރްބާޒްއާއި ދިމާވީ އަރްބާޒް ޕްރޮޑިއުސްކުރި ފިލްމެއްގެ ޝޫޓިންގ ތެެރެއިން ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފަވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން