ރައީސް ޑރ. މުއިއްޒުގެ ވެރިކަމަށް މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެމަނިިކުފާނުގެ ވަޒީރުންނާއި ގުޅޭގޮތުން ރައްޔިތުން ދެކޭ ގޮތް ސޯޝަލް މީޑިއާގައި ދަނީ ހާމަކުރަމުންނެވެ. ބައެއް ވަޒީރުންގެ މާބޮޑު އަޑެއްް ބަޑެއް ނީވެއެވެ. އަނެއްބަޔަކު ތިބީ އަނދާ ހުލިވެފައެވެ. އަނެއްކޮޅުން ރައްޔިތުންގެ ވަރަށް ބޮޑު މަގްބޫލުކަމެއް ލިބިފައިވާ ވަޒީރުންވެސް އެބަ ތިއްބެވިއެވެ. އޭގެތެރެއިން އެއް ބޭފުޅަކީ މިނިސްްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމެވެ.

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަހުމަދު ޝިޔާމް ވަޒީރުކަމަށް ވަޑައިގެންނެވިތާ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް ރައްޔިތުން ބަލައިގަންނަ ގިނަ މަސައްކަތްތަކެއް ކުރަށްވާފައިވާކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ އޭނާއަށް ތައުރީފްކުރަމުންނެވެ.

ވަޒީރުކަމަށް ވަޑައިގެންނެވުމުގެ ކުރިން މަޖިލީހުގައި ހޭދަކުރެއްވި 10 އަހަރު ތެރޭގައިވެސް ޝިޔާމްގެ ފަރާތުން ފެނިގެންގޮސްފައިވަނީ ރައްޔިތުންގެ އިތުބާރާއި ލޯބި ލިބޭފަދަ މަންޒަރުތަކެކެވެ. އަދި ޕީޕީއެމް - ޕީއެންސީ ކޯލިޝަންގެ ތެރޭގައިވެސް އެމަނިކުފާނަކީ މަގްބޫލް ބޭފުޅެކެވެ.

ޝިޔާމަށް ތައުރީފް ކުރައްވާ ބޭފުޅުން ފާހަގަކުރައްވާ އެންމެ މުހިއްމު އެއް ކަމަކީ، މަސްވެރިންގެ ގާތަށް ވަޑައިގެން، މަސްވެރިން ބޭނުންވާ ކަންކަން އޮޅުންފިލުއްވުމެވެ. މަސްވެރިންނަށް ދިމާވާ ދަތިތަކާއި ގުޅޭ މައުލޫމާތު އޮޅުންފިލުއްވުމުގެ މަޝްވަރާތައް ކުރުމަށް އޮޑި ދޯނި ފަހަރަށްވުރެ ރަނގަޅު ތަނެއްވެސް ނޯންނާނެކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. ޝިޔާމުގެ ފަލްސަފާއަކީވެސް އެއީއެވެ.



މަސްވެރިންގެ ގާތަށް ޒިޔާރަތްކުރުމުގެ އިތުރުން މަސްވެރިކަމާއި ބެހޭ ވުޒާރާއާ ހަވާލުވެވަޑައިގަތުމަށްށްފަހު މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޝިޔާމް ވަނީ މަސްވެރިންނާއި ގުޅޭ މުހިއްމު އެހެން މަސައްކަތްތަކެއްވެސް ކުރައްވާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް މަސްވެރިން ގެނެސް، މަސްވެރިންގެ ގުންޒަރެއް ބާއްވައި، އެކި ކަންކަމާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މަސްވެރިންގެ ދަފްތަރު އެކުލަވާލުމާއި، މަސްވެރިކަމާއި ގުޅޭ އެޖެންސީއަކާއި މަހުގެ އުފެއްދުންތައް އިސްތިހާރުކުރުމަށް ބްރޭންޑެއް ތައާރަފް ކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ. މިފްކޯގެ ހިންގުމުގައި މަސްވެރިންގެ ދައުރު އޮންނާނެ ގޮތަށް ކަންކަން ދަނީ ބަދަލުކުރަމުންނެވެ. މަސްވެރިންނަށް ނުދީ ހުރި އެތައް މިލިއަން ރުފިޔާއެއް ދޫކޮށްފިއެވެ. މިއީ ހައްތަހާވެސް މަސްވެރިންގެ ކުރިއެރުމާއި ލާބައާއި މަންފާއަށް ޝިޔާމު އިސްވެ ހުންނަވައިގެން ކުރަމުން ގެންދިޔަ މަސައްކަތްތަކެވެ.



މަސްވެރިންގެ ކުރިއެރުމާއި ލާބައަށް މިވަގުތު މިކުރެވޭ މަސައްކަތުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ވަޒީރު އަހުމަދު ޝިޔާމަަށެވެ. މީގެކުރިން މާބޮޑު ދިރުމެއް ނެތް މަސްވެރިކަމުގެ ވުޒާރާއަށް ދިރުން ގެނެސް، ރަނގަޅަށް ހިންގާލައިފިއެވެ. އެކަން ގަބޫލު ކުރާ ރައްޔިތުންެ މަދު ނޫންކަން ސޯޝަލް މީޑިއާގައި މިނިސްޓަރ ޝިޔާމަށް އޮއްސަމުންދާ ތަޢުރީފްތަކުން ހާމަވެއެވެ. ނަމަވެސް ދެން އޮތް ސުވާލަކީ މި ހިންގާލުމުގެ ނަތީޖާ ފެންނާނީ ކިހިނެއް، ކޮންގޮތަކަށް ކަމާއިމެދު އުފެދޭ ސުވާލެވެ. އެ ސުވާލަށް ޖަވާބު ދޭން އަދި ތަންކޮޅެއް އަވަސްކަން ޔަގީނެވެ. ނަމަވެސް ފެންނަފެނުމަށް އަދި ދަނީ ރަނގަޅަށެވެ. ރައްޔިތުންގެ ގިނަ ބަޔަކު ބުނަނީ ޝިޔާމު ވަރެއް ހަމަނެތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން