ސުއޭގެ ދެމަފިރިން، ކައިވެނީގެ ހެދުމުގައި ފޮޓޯނަގަނީ  ފޮޓޯ: އަލްޖަޒީރާ ވީޑިއޯ
ސުއޭގެ ދެމަފިރިން، ކައިވެނީގެ ހެދުމުގައި ފޮޓޯނަގަނީ ފޮޓޯ: އަލްޖަޒީރާ ވީޑިއޯ
ކޮންމެ ދެމީހެއްގެވެސް ޒަވާޖީ ހަޔާތުގެ އުފާވެރިކަން ހަނދާނެއްގެ ގޮތުގައި ބަހައްޓަން ދިރިއުޅުމުގެ އެކި ޚާއްސަ މުނާސަބާތަކުގައި ފޮޓޯ ނެގުން މިއީ އޮންނަ ކަމެކެވެ. ވަކިން ޚާއްސަކޮށް ކައިވެނިކުރާ ދުވަހުގައި ފޮޓޯ ނަގަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ.

އެގޮތުން ކައިވެނި ކުރެވޭ ދުވަސް އަންނަންވާއިރަށް ކައިވެނިކުރަން ވަކި ޚާއްސަ ހެދުމެއް ތައްޔާރުކޮށް، ފޮޓޯ ނެގުމަށް ރީތި މަންޒިލެއް ހޯދުމަކީ މިއީ އަޅުގަނޑުމެން ދިވެހިންގެ ތެރޭގައިވެސް ޢާންމު ކަމެކެވެ. އެހެން ނަމަވެސް، މި ފަހަރު މި ބަލާލަނީ ކައިވެނީގެ ދުވަހުގައި ކުނިގޮނޑުގައި ފޮޓޯ ނަގަން އިޚްތިޔާރުކުރި ޓައިވާން އަންހެނެއްގެ ވާހަކައަށެވެ.

ނާންޓޯ ކައުންޓީއަށް ނިސްބަތްވާ ސުއޭ ދިރިއުޅޭ ސަރަހައްދުގެ ކުނިގޮނޑު "ފަރުބަދަ" ކުރިމަތީގައި ކައިވެނީގެ ހެދުމުގައި ފޮޓޯ ނަގަން ބޭނުންވާ ކަމަށް ބުނުމުން ފޮޓޯގްރާފަރަށް ލިބުނީ ހައިރާންކަމެކެވެ. ފޮޓޯގްރާފަރ ބުނީ އޭނާގެ ދިގު ކެރިއަރުގެ މިހާތަނަށްވެސް އަލަށް ކައިވެނިކުރާ ދެމީހަކު ފޮޓޯ ނަގަންވީ ތަނެއްގެ ގޮތުގައި ކުނިގޮނޑު އިޚްތިޔާރުކުރި އަޑު ނީވޭ ކަމަށެވެ.

ކޮންމެއަކަސް، ޓައިވާންގެ ނޫސްވެރިންގެ ސަމާލުކަން ހޯދި ބްރައިޑް ސުއޭ ބުނީ ވަސް ނުބައި ތަނެއްގެ ތެރޭގައި ފޮޓޯ ނަގަައިގެންވިޔަސް، ތިމާވެށްޓާއި އިޖުތިމާއީ ރައްކާތެރިކަމަށް މީހުން ހޭލުންތެރިކުރުމަކީ އޭނާގެ މަގްޞަދު ކަމަށެވެ. އޭނާ ބޭނުންވަނީ ވީހާވެސް ކުނި އުފެއްދުން މަދު، "ނަލަ ޓައިވާންއެއް" ދަމަހައްޓާށެވެ.

މިކަމާއި ގުޅިގެން ނާންޓޯ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން ބިއުރޯގެ ޑިރެކްޓަރު ލީ ޔީ-ޝޫ އިއްޔެ ވިދާޅުވީ ނާންޓޯގެ އެތައް ޓައުންޝިޕްތަކެއްގައި ކުނިކޮށި ނުވަތަ ކުނި އަޅާނެ ދާއިމީ ވަސީލަތްތައް ނެތް ކަމަށެވެ.

އެ ބިއުރޯއިން ބައެއް ކުނި އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވީނަމަވެސް، އެ މިންވަރަކީ ކޮންމެ ދުވަހަކު ނާންޓޯގައި އުފައްދާ ކުނީގެ ވަރަށް ކުޑަ މިންވަރެއް ކަމަށް ލީ ފާހަގަކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން