އިންސާނާއަށް ބުރުސޫރަ ރީތި ސިފައެއް ދެއްވުމަކީ މާތް ރަސްކަލާނގެ ދެއްވާ ބޮޑު ނިޢުމަތެކެވެ. އެއާއެކު ހަގީގީ ރީތިކަމަކީ ބޭރުފުށުގެ ރީތިކަމަށް ވުރެ ބޮޑަށް މީހާގެ އަހްލާޤާއި މިޒާޖުގެ ރީތިކަން ކަމާމެދު ޝައްކެއްނެތެވެ.

މުސްލިމުންނަކީ ދުނިޔޭގައި ދެވަނަ އަށް އެންމެ ބޮޑު އާބާދީއެވެ. މިވަގުތު ދުނިޔޭގައި 1.8 ބިލިއަން މުސްލިމުން ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި އެކި ފަންނުގައި މަސައްކަތްކުރާ އެކި ފިރިހެނުން ވަނީ ބޭރުފުށުގެ ރީތިކަމުގެ ސަބަބުން އެތަކެއް އަންހެނުންގެ ހިތްތައް ކަތިލާފައެވެ. މި ލިސްޓުގައި ހިމަނާލަނީ ރީތިކަމަށް މަޝްހޫރުވި ބައެއް މުސްލިމް ފިރިހެނުންގެ ނަންތަކެވެ.

* އުމަރް ބުރްކާން އަލް ޤާލާއިރާގަށް ނިސްބަތްވާ އުމަރް ބުރްކާން ވަނީ އޭނާގެ ރީތިކަމުގެ ސަބަބުން ނޫސްތަކުގެ ފަލަ ސުރުހީއިން ޖާގަ ހޯދާފައެވެ. ސައުދީ އަރަބިއްޔާގެ ޒުވާން އަންހެނުންނަށް މި މޮޑެލްގެ ބުރުސޫރަ ރީތިވުމާއި ގުޅިގެން ސައުދީ ސަރުކާރުން، އުމަރް އެޤައުމުން ބޭރުކުރިއެވެ! އޭރު މޮޑެލްކުރި އުމަރް މިހާރު ދިރިއުޅެނީ ކެނެޑާގައެވެ.

* ފަވާދް ޚާންޕާކިސްތާންގެ ކުޅަދާނަ މި ފިލްމީތަރިއަކީ ފިލްމު ކުޅުމުގެ އިތުރަށް މޮޑެލް ކުރުމާއި ލަވަ ކިޔުމާއި ފިލްމު ޕްރޮޑިއުސްކޮށް ސްކްރީން ރައިޓް ކުރުމުންވެސް އެވޯޑްތައް ހާސިލްކޮށްފައިވާ ތަރިއެކެވެ. ފަވާދް ވަނީ ބޮލީވުޑްގައިވެސް ފައިތިލަ ސާބިތުކޮށްފައެވެ. ފަވާދް ބޮލީވުޑްގައި މަޝްހޫރުކަން ހޯދީ އޭނާ ކުޅުނު ފިލްމު "ޚޫބްސޫރަތު" އަށް ފަހުގައެވެ.

* މޭނާ މައްސޫދްމިސްރާއި ކެނެޑާގެ ރަށްވެހިކަން އޮންނަ މޭނާއަކީ ހޮލީވުޑްގައި ފިޔަޖަހަމުންދާ މަދު މުސްލިމް ތަރިންގެ ތެރެއިން ގުނާލެވޭ އެކަކެވެ. އޭނާ ހޮލީވުޑަށް ތައާރަފްވީ ފިލްމު "އަލާޑިން" އިންނެވެ.

* އިމްރާން އައްބާސްފަވާދްއެކޭ އެއްގޮތަށް އިމްރާނަކީވެސް ޕާކިސްތާންގެ އޭ ލިސްޓުގައި ހިމެނޭ ތަރިއެކެވެ. ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފްވީއިރުގައި އިމްރާން އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ އޭނާގެ ލޮލުގެ ރީތި ކަމަށެވެ. ޕާކިސްތާން މީހުންގެ ތެރެއިން ޢާންމުކޮށް ނުފެންނަ ލޮލުގެ ކަޅީގެ ކުލައެއް ކަމަށްވާ ހޭޒަލް ނުވަތަ މަޑު ފެހި އަދި މުށި ކުލައިގެ ކަޅިއެއް އޭނާއަށް ލިބިފަވެއެވެ.

* އުޑީ ކަރްނީއުޑީ ކަރްނީއަކީ ފަލަސްތީންގެ އެތްލީޓެކެވެ. މީގެ އިތުރަށްވެސް، އޭނާގެ ރީތިކަމާއި ގުޅިގެން އުޑީއަށްވަނީ މަޝްހޫރު ބްރޭންޑްތަކުން ބްރޭންޑް އެމްބަސަޑަރުގެ ގޮތުގައި މޮޑެލް ކުރުމުގެ ފުރުޞަތުވެސް ލިބިފަވެއެވެ.

* ޖާން ޔަމަންޖާން ވަނީ ދިވެހިންގެ މެދުގައި މަގްބޫލު އެތައް ތުރުކީ ސީރީޒްތަކުގައި ހަރަކާތްތެރިވެފައެވެ. މިހާރު އޭނާއަކީ ތުރުކީގެ އެންމެ ނަން މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ކާމިޔާބު ބަތަލެކެވެ.

* ޝެއިހް ހަމްދާން ބިން މުޙައްމަދު އަލް މަކްތޫމްކުޅިވަރުގެ އެކި ހަރަކާތްތަކަށް ހުންނަ ޝައުގުވެރިކަމާއި ގުޅިގެން ދުބާއީގެ ވަލީއަހުދު ހަމްދާނަކީ އިންސްްޓަގްރާމްގައި 16.1 މިލިއަން މީހުން ފޮލޯކުރާ ބޭފުޅެކެވެ. އަދި އޭނާގެ ރީތިކަމާއި ގުޅިގެން ވަނަމަކަށް އަންހެންކުދިންގެ މެދުގައި "އަލާޑިން"ގެ ލަގަބު ވެސް އޭނާއަށް ވަނީދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން