ކުރީގެ މިސް ޔުނިވާސް އަދި މިހާރު ބޮލީވުޑްގައި އަރަމުންދާ ފިލްމީ ތަރި މަނޫޝީ ޗިއްލާރް އާއިލާއާއިއެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފިއެވެ.

މީގެ ކުރީގައިވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ މަނޫޝީ މިފަހަރު ޗުއްޓީ ހޭދަކުރަމުން ދަނީ ޖުމެއިރާ މޯލްޑިވްސްގެ ރިޒޯޓެއްގައެވެ.

މަނޫޝީގެ އިންސްޓަގްރާމުގައި ހިއްސާކުރި ފޮޓޯތަކުގައި ފެންނަނީ އޭނާ ރިޒޯޓްގެ ހިތްފަސޭހަ މަންޒިލުގައި ކައްކަން ހުންނަ ތަނެވެ. މަނޫޝީ ބުނިގޮތުގައި ރާއްޖެއަކީ ސްނޯކްލިންގއަށް ހިތްގައިމު މަންޒިލެކެވެ.

ރާއްޖެއަކީ އިންޑިއާގެ މަޝްހޫރު ތަރިންގެ މެދުގައި ޗުއްޓީ ހޭދަކުރަން މަގްބޫލު މަންޒިލެކެވެ. އެގޮތުން، ބަތަލާ ތާޕްސީ ޕަންނޫވެސް ނިމިދިޔަ ހަފްތާގައި ރާއްޖޭގެ ރިޒޯޓެއްގައި ޗުއްޓީ ހޭދަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން