"ވީގަން ޑައިޓް" އަދި "އިންޓަމިޓެންޓް ފާސްޓިންގ" ކަހަލަ ޑައިޓްތައްކޮށް އުޅުމަކީ އާ ކަންތަކެއް ނޫނެވެ. އެހެން ނަމަވެސް، މިފަދަ ޑައިޓްކުރާމީހުން މިފަދަ ޑައިޓްތައް ކުރަނީ ވަރަށް ހިތްވަރު ނެރެގެންނެވެ.

މިފަހަރު މި ކިޔާދޭން މި އުޅެނީ މާ ބޮޑު މަސައްކަތެއް ނެތި ޚާއްސަ ޑައިޓެއް ކުރާ އުމުރުން ދުވަސްވީ އަންހެނެއްގެ ވާހަކައެވެ. ވިއެޓްނާމަށް ނިސްބަތްވާ މި އަންހެންމީހާ ކުރާ އާދަޔާޚިލާފު ޑައިޓަކީ އެއްގޮތަކަށްވެސް ހަށިގަނޑުގެ ބައްޓަން ރީތިކުރުމަށް ނުވަތަ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރާ ޑައިޓެއް ނޫނެވެ. 50 އަހަރު ވަންދެން ހަރު ކާނާއާއި ދުރުގައި އުޅޭ ބުއި ތީ ލޮއީއަކީ މިހާރު އުމުރުން 75 އަހަރުގެ މީހެކެވެ. އޭނާ ބުނާގޮތުންނަމަ އޭނާ ދުވަހަކުވެސް ހަރު ކާނާ ކާހިތް ނުވެއެވެ. އޭނާގެ ދަރިންނަށް ކައްކައިދޭ ކާނާގެ ރަހަވެސް ނުބަލާ ކަމަށް ބުނެފަވެއެވެ.

"އޮޑިޓީ ސެންޓްރަލް" އިން ރިޕޯޓްކުރާ ގޮތުގައި ބުއި ތީ ލޮއީގެ ކެއުމުގެ ވައްޓަފާޅި ބަދަލުވީ 1963 ވަނަ އަހަރުގައި އޭނާއަށް ކުރިމަތިވީ ހާދިސާއަކަށްފަހުއެވެ. އޭރު ވިއެޓްނާމްގައި ހިނގި ހަނގުރާމައިގައި އަނިޔާވި ސިފައިންނަށް އެހީވުމަށް ފަރުބަދަތަކަށް ދިޔަ އަންހެނުންނާއިއެކު ލޮއީވެސް ދިޔައެވެ. އޭރު މޫސުން އޮތީ ވަރަށް ގޯސްކޮށެވެ. އެގަޑީގައި ފަރުބަދައަށް އަރަންހުރި ލޮއީ، ހޮނު އެޅުމުގެ ޝިކާރައަކަށްވިއެވެ.

ހޮނުއެޅުމާއެކު އޭނާގެ ހޭވެރިކަން ނެތިގެންދިޔައެވެ. އަދި އޭނާއަށް ހޭވެރިކަންވުމަށްފަހު އެއްވެސް ވަރަކަށް ކާއެއްޗެއް ނުކެވޭތީ ގާތް ރަހުމަތްތެރިން އޭނާއަށް ލުއި ބުއިންތައް ދޭން ފެށިއެވެ. އޭގެ އަހަރުތަކެއް ފަހުން، އެހާ ބޮޑަށް ކާހިތް ވެސް ކެނޑި ލުއިބުއިންތައް ބޯން އާދަވެ ހަރުލީއެވެ.

ލޮއީ ކޮންމެވެސް ވަރަކަށް ހަރުކާތަކެތި ކާން މަސައްކަތް ކުރިއެވެ. އޭނާ މައިގަނޑު ގޮތެއްގައި ކައި އުޅުނީ މޭވާގެ ބާވަތްތަކެވެ. އެއީވެސް އާއިލާގެ އެދުމުގެ މަތިންނެވެ. ލޮއީގެ އަދަޔާޚިލާފު ކެއުމުގެ ވައްޓަފާޅީގެ ސަބަބުން އޭނާއަށް ލިބުނު ދަރިންނަށް ގާތުން ކިރު ދިނުމަށް ނުކުޅެދުނު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެކަމަކު، 1970 އަށްފަހު އޭނާ ވަނީ ހަރުކާތަކެތި ކެއުން އެއްކޮށް ހުއްޓާލާފައެވެ. ލޮއީ ބުނާގޮތުގައި މިހާރު ކާއެއްޗެހީގެ ވަސް ޖެހުނަސް، އޭނާ މޭނުބައިކޮތް ހޮޑުލަވާ ގޮތް ވެއެވެ.

ލޮއީ ބޭނުންކުރާ ބުއިންތަކުގައި ހުންނަ ހަކުރުގެ ސަބަބުން ގައިގައި ވަރު ޖެހުމަށް މަގުފަހިކުރުވި ނަމަވެސް ޑޮކްޓަރުން ވިދާޅުވަނީ މާ ގިނައިން ސޮފްޓް ޑްރިންކްސް ބޭނުންކުރުމަކީ ނުރައްކާތެރި އެކި ބަލިތަކަށް ހުށަހެޅައިދޭ އާދައެއް ކަމަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން