ބޮލީބިލްޑް ކުރުމަށް ބޭނުންވާ ޕްރޮޓީން ޕައުޑަރ ގަތުމަށް ފައިސާ ހޯދުމުގެ ބޭނުމުގައި ކުރީގެ ލޯބިވެރިޔާއަށް ބްލެކްމެއިލް ކުރި އިންޑިޔާގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ދިއްލީގައި ހިނގާދިޔަ މިޙާދިސާގައި މި ފިރިހެންމީހާ ބުނީ އޭނާ ޖިމަށް ދާން ފެށި ހިސާބުން އިމްޕޯޓްކޮށްފައިވާ ޕްރޮޓީން ޕައުޑަރއާއި އެހެނިހެން ސަޕްލިމެންޓްތައް ހޯދަން ފައިސާ ބޭނުންވި ކަމަށެވެ. އޭނާގެ ކުރީގެ ލޯބިވެރިޔާއަކީ އުމުރުން 19 އަހަރުގެ އަންހެނެކެވެ. ފައިސާ ހޯދުމުގެ ބޭނުމުގައި އޭނާ ވަނީ އެއަންހެން މީހާގެ ޒާތީ ފޮޓޯތައް މީސް މީޑިއާގައި ދައުރުކުރާނެ ކަމަށް ބުނެ އަންހެންމީހާއަށާއި އެއަންހެންމީހާ ބައްޕައަށްވެސް ބިރުދައްކާފައެވެ.

މި މައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާގެ ފުލުހުން ބުނެފަވެއެވެ. އޭގެ ތެރެއިން އެކަކީ ފުރާވަރުގެ ފިރިހެނެކެވެ. އަންޝް ޝަރްމާ ނަމަކަށް ކިޔާ މި މީހާ ވަނީ މީސް މީޑިއާގައި ފޭކް އެކައުންޓެއް ހަދައި، އޭގެ ޒަރީޔާއިން އަންހެންމީހާއަށް ބިރުދައްކާފައެވެ.

އޭނާއާއި އަންހެންމީހާއާއި ދިމާވީ 2020 ވަނަ އަހަރުގައި އިންސްޓަގްރާމް މެދުވެރިވެގެންނެވެ. އެއަށްފަހު، އެ ދެމީހުން ވަނީ އެކަކު އަނެކަކުގެ އިންސްޓަގްރާމް ޕާސްވޯޑްތައް ހިއްސާކޮށްފައެވެ. އެއަށްފަހު، އަންޝްއަށް ވަނީ އަންހެންމީހާގެ ޕްރައިވެޓް ޗެޓްއެއްގައި ހުރި ފޮޓޯތަކެއް ފެނިފައެވެ. އެ ފޮޓޯތައް އޭނާ ވަނީ ގޯވިންދް، 22، އަށް ފޮނުވާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފުލުހުން މިހާރުދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން