ތުރުކީ ވިލާތުގެ ވެރިރަށް އަންކާރާގައި ދިވެހި އެމްބަސީއެއް ގާއިމުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ފިރުޒުލް މިކަން އިޢުލާންކުރެއްވީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމަށްފަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޥާހަކަދައްކަވަމުންނެވެ.

ފިރުޒުލް ވިދާޅުވީ ތުރުކީގައި އެމްބަސީއެއް ގާއިމުކުރައްވަން ރައީސް ނިންމެވީ ދެ ޤައުމުގެ ދެމުދުގައި އޮންނަ ގުޅުން ވަރުގަދަކުރުމުގެ މަޤްޞަދުގައި ކަމަށެވެ.

"މިއަދުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ވަރަށް ގިނަ އަދަދަކަށް ތުރުކީވިލާތަށް ދިވެހިން ޒިޔާރަތްކޮށް ދަތުރުކޮށް ހަދާ، އަދި ހަމައެހެންމެ، ވިޔަފާރީގެ އެކި ބޭނުންތަކާއި ތައުލީމުގެ އެކި ބޭނުންތަކަށް ވެސް ތުރުކީވިލާތުގައި ދިރިއުޅޭ ދިވެހިންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން." ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ތުރުކީގައި އެމްބަސީ ގާއިމުކުރެވުމުން އެޤައުމުގައި ދިރިއުޅޭ އަދި އެޤައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން