އާސަންދައިގެ ދަށުން ތެލަސީމިއާ ކުދިންނަށް ފަރުވާ ދޭން ހާއްސަ ހޮސްޕިޓަލެއް ގާއިމްކުރަން ނިންމާފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން މިކަން ހާމަކުރީ ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވި ނިންމުންތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ މުހައްމަދު ފިރުޒުލް ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ގިނަ ކަންތައްތަކެއް ނިންމާފައިވާކަމަށެވެ. އެގޮތުން ތެލަސީމިއާ ހުންނަ ކުދިންނަށް ބޭނުންވާ ބޭހާއި ފަރުވާ އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ތެލަސީމިއާގެ ބޭހާއި ފަރުވާގެ އިތުރުން، އާސަންދަ މެދުވެރިކޮށް ތެލެސީމިއާ ކުދިންނަށް ފަރުވާ ލިބޭނެ ހޮސްޕިޓަލެއް ގާއިމްކުރަން ނިންމާފައިވާކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ. އަދި އެ ހޮސްޕިޓަލް ގާއިމްކުރުމަށް ނިންމާފައި ވަނީ މާލެ ސަރަހައްދުގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ތެލެސީމިއާ ކެރިއަރެއްތޯ ބެލުމަށް ހަދާ ޑީއެންއޭ ޓެސްޓް ހެދޭނެ އިންތިޒާމްވެސް އާސަންދަ މެދުވެރިކޮށް ހަމަޖެއްސުމަށް ނިންމާފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން