ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓް ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓު ވަކިވަކިން ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.

މި ސަރުކާރުގެ ކެބިނެޓަށް އައްޔަނު ކުރަށްވާފައިވާ 22 ވަޒީރުންގެ ކިބައިގައި ވަޒީރުކަމުގެ ޝަރުތު ހަމަވާ ކަމަށާއި، ކުރިން ޑުއެލް ސިޓިޒަންޝިޕް އޮތް ބޭފުޅުންވެސް އެކަން ދޫކޮށްލައްވާފައިވާ ކަމަށް ކޮމިޓީގެ މުޤައްރިރު މުޙައްމަދު ފަލާޙް މިއަދު ވިދާޅުވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވީ 22 ބޭފުޅުންގެ ވެސް ޝަރުތު ހަމަވާކަމަށް ކޮމިޓީން ކަނޑައަޅައި، މަޖިލީހުގެ ތަޅުމަށް ފޮނުވައި، ތަޅުމުން ކޮންމެ ބޭފުޅަކަށް ވަކި ވަކިން ވޯޓަށް އަހައިގެން ރުހުން ދިނުމަށެވެ. މި ހުށައެޅުން ފާސްވީ ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުންނެވެ.

މިސަރުކާރުގެ ކެބިނެޓުގައި ހިމެނޭ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު އެމްޑީޕީން ދަނީ މަޝްވަރާކުރަމުންނެވެ. ޚާއްސަކޮށް ހައުސިންގ މިނިސްޓަރަށް ރުހުން ނުދިނުމަށް އެމްޑީޕީގެ މެންބަރުން ގެންދަވަނީ މަޖިލީހުގެ ޖަލްސާތަކުގައި ވެސް ގޮވާލައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން