މަޤްބޫލު ޑްރާމާ ސިލްސިލާ ގޭމް އޮފް ތްރޯންގެ ތަރި ސޯފީ ޓަރނަރގެ އައު ލޯބިވެރިޔާއަކީ އިނގިރޭސި ވިލާތުގެ ޝާހީ ދަރިކޮޅުގެ މީހެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ސޯފީ، 27 ގެ އައު ލޯބިވެރިޔާއަކީ ޕެރެގްރިން ޕިއާސަންއެވެ. ސޯފީ އައު ލޯބިވެރިޔެއް ހޯދީ އޭނާއާއި ޖޮނަސް ސީރީޒްއިން މަޝްހޫރުކަން ހޯދި ލަވަކިޔުންތެރިޔާ ޖޯ ޖޮނަސް، 34ގެ 4 އަހަރުގެ ކައިވެނި ރޫޅުނުތާ މާ ގިނަ ދުވަހެއް ނުވަނީސްއެވެ. މިދެމީޙުން ވަރިވެފައިވަނީ މި އަހަރުގެ ސެޕްޓެމްބަރ މަހުގެ ފަހުކޮޅުއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުންނަމަ، މި ދެމީހުންގެ ދޭތެރޭގައި މައްސަލަ ޖެހުނީ ސޯފީ މާ ގިނައިން ޕާޓީކޮށް އުޅެ ހަދާތީއެވެ. އޭނާގެ ފަރުވާކުޑަކަމުގެ ސަބަބުން އެކި ގައުމުތަކުގައި އާމްދަނީ ހޯދަން މަސައްކަތްކުރާ ޖޯއަށް ދަރިން ގޮވައިގެން ދަތުރުކުރަން މަޖުބޫރުވިކަމަށް މީޑިއާ ރިޕޯޓްތައް ބުނެފަވެއެވެ.

ޖޯއާއި ސޯފީގެ ދެ އަންހެންކުދިން ތިބެއެވެ. އެއީ 3 އަހަރުގެ ވިލާ އަދި ނަން ހާމަކޮށްފައިނުވާ 1 އަހަރުގެ އަންހެން ކުއްޖެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން