މާލޭ މޭޔަރުކަމަށް އަމިއްލަގޮތުންވެސް ކެންޑިޑޭޓަކު ވާދަކުރާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ 2024 ޖެނުއަރީ 13 ގައި، ބޭއްވުމަށް ހަމަޖެހިފައިވާ، މާލެ ސިޓީ މޭޔަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ މީހުން، އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަންނަ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ހަމަވާނެކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މިހާތަނަށް މާލޭ ސިޓީ މޭޔަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް، އިލެކްޝަންސް ކޮމިޝަނަށް އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާފައިވަނީ، އަމިއްލަގޮތުން ކުރިމަތިލައްވާ ކެންޑިޑޭޓެއް އެކަނިކަމަށެވެ. އަދި ކޮމިޝަނުން ވަނީ އޭނާގެ އެޕްލިކޭޝަނުގެ ސައްޙަކަން ޤަބޫލުކޮށް ޖަވާބު އަރުވާފައިކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ނަމަވެސް އޭނާގެ އެއްވެސް ތަފްސީލެއް ކޮމިޝަނުން ހާމައެއް ނުކުރެއެވެ.

މޭޔަރުގެ އިންތިހާބުގައި ވާދަކުރާނެކަން މިހާތަނަށް އިއުލާންކޮށްފައިވަނީ އެމްޑީޕީގެ ފަރާތުން އާދަމް އާޒިމް، ޕީޕީއެމް ޕީއެންސީގެ ފަރާތުން އާޒިމާ ޝަކުރޫ އަދި ރައީސް ޔާމީންގެ ތާއީދު ލިބިވަޑައިގެންފައިވާ ހުސައިން ވަހީދާއި ދަ ޑިމޮކްޓިކްސްގެ ކެންޑިޑޭޓް މުހައްމަދު ސައިފު ފާތިހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން