އިޒްރޭލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ މެދުކަނޑާލުމަށް ގޮވާލާ އދ. އިން ހުށަހެޅި ގަރާރަށް އެމެރިކާއިން ނޫނެކޭ ބުނެ ވީޓޯކޮށްފިއެވެ.

އެމެރިކާއަކީ އދ. ގެ ސެކިއުރިޓީ ކައުންސިލްގައި ހިމެނޭ ދާއިމީ 5 މެންބަރު ގައުމުގެ ތެރޭގައި ހިމެނޭ ޤައުމަކަށްވުމުން އެ ކައުންސިލަށް ހުށަހަޅާ ކޮންމެ ގަރާރެއް ބޭރުކުރުމުގެ ބާރު އެމެރިކާއަށް ލިބިގެންވެއެވެ.

މި ގަރާރު ހުށަހަޅާފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. ކައުންސިލްގެ 15 މެންބަރުންގެ ތެރެއިން 13 މެންބަރުން ވަނީ އެ ހުށަހެޅުމަށް ތާއީދުކޮށްފައެވެ. އެހެން ނަމަވެސް، އިނގިރޭސިވިލާތުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. އެޤައުމުން ބުނީ އިޒްރޭލަށް ހަމާސްއާއި ދެކޮޅަށް "ދިފާއު" ވުމުގެ ޙައްޤު ލިބިގެންވާކަން ގަރާރުގައި ފާހަގަކޮށްފައިނުވާ ކަމަށެވެ.

އެމެރިކާއިން މި ގަރާރަށް ތާއީދުނުކުރީ ގަރާރުގައި ހަމާސްއިން އިޒްރޭލަށް 7 އޮކްޓޫބަރގައި ދިން ހަމަލާ ފާހަގަކޮށްފައިނުވުމުން ކަމަށް ބުނެއެވެ. މި ގަރާރާއި ދެކޮޅަށް ވޯޓު ދިނީ އެމެރިކާއިން އެކަންޏެވެ. އިޒްރޭލަށް ތާއީދުކުރާ ފްރާންސުން ވަނީ ގަރާރަށް ތާއީދުކޮށްފައެވެ. ހަމާސްއިން އިޒްރޭލަށް ދިން ހަމަލާ ކުށްވެރިކުރިޔަސް، ޣައްޒާގައި ހިނގަމުންދާ "އިންސާނީ ކާރިސާ" އިތުރަށް ގޯސްވާން ފްރާންސުން ނޭދޭ ކަމަށް ބުނެފައި ވެއެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގައި މިހާތަނަށް ޝަހީދުކޮށްފައިވާ މީހުންގެ އަދަދު 17،487 އަށް އަރާފައިވާއިރު، "ހަމާސްއިން މަރާލި" އިޒްރޭލު މީހުންގެ އަދަދަކީ 1،147 ކަމަށް އިޒްރޭލުން ބުނެފައި ވެއެވެ.

އިޒްރޭލުން މިހާތަނަށް ބުނަމުންދިޔައީ ހަމާސްއިން 7 އޮކްޓޫބަރގައި ދިން ހަމަލާގައި 1400 އިޒްރޭލު މީހުން މަރާލާފައިވާ ކަމަށެވެ. އެހެން ނަމަވެސް، ފަހުން އިޒްރޭލުން އެ އަދަދު ދެ ފަހަރު މަތިން ވަނީ ކުޑަކޮށްފައެވެ. ނިރުބަވެރި އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ 7 އޮކްޓޫބަރގައި ހަމާސްއާއި ހަނގުރާމަ ކުރުމަށްޓަކައި އެއްވެސް އަސްކަރީ ތަމްރީނެއް ލިބިފައިނުވާ މީހުން ލައްވާ އަސްކަރީ ޔުނީފޯމްގައި ބަރު ހަތިޔާރާއި ކުޅުމުގެ ހުއްދަ ދީފައެވެ. ހަމާސްއިން ދިން ހަމަލާ ކަމަށް ބުނަމުންދިޔަ ހަމަލާތަކުގެ ތެރެއިން ބައެއްމީހުން މަރުވީ އިޒްރޭލުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކަކުން ކަމަށް އައިޑީއެފްއިން ފަހުން ވަނީ އެއްބަސްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން