މަޖިލީހުގައި މެޖޯރިޓީ އޮންނަ އެމްޑީޕީން އަންނަ އަހަރަށް ކަނޑަައަޅާފައިވާ ބަޖެޓުން ފުށިދިއްގަރުފަޅު މަޝްރޫޢު އުނިކުރުމަކީ ބޯހިޔާވަހިކަމުގެ އުންމީދުގައި ކޮޅުފައިން ޖެހުން ކަމުގައި ފަހިދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު ވިދާޅުވެއްޖެއެވެ.



ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުން ހިންގަން ރާވާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއެވެ. 1200 ހެކްޓަރުގެ އެ ތަނަކީ ހުޅުމާލޭގެ ދެ ފޭސް އެއްކޮލުމުން އޮންނަ ޖާގައަށްވުރެ 3 ގުނަ ބޮޑު ސަރަހައްދެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވެފަވެއެވެ. މިއަހަރު އެ މަސައްކަތް ފެށުމަށް ބަޖެޓްގައިވެސް ހިމަނާފައިވެއެވެ. އެގޮތުން، މިއަހަރުގެ ބަޖެޓުގައި ފުށިދިއްގަރުފަޅު މަޝްރޫއުއަށް ބިން ހިއްކުމަށް 400 މިލިއަން ރުފިޔާ ކުރިން ހިމަނާފައި ވެއެވެ.

ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ބަޖެޓް ދިރާސާކުރާ ކޮމެޓީން މިހާރު ވަނީ އެ މަޝްރޫއު ބަޖެޓުން އުނިކޮށްފައެވެ. އަދި އެ މަޝްރޫއުއަށް ހަމަޖައްސާފައި އޮތް ފައިސާ ވަނީ އެހެން މަޝްރޫއުތަކަށް ބަހާލާފައެވެ.

ބަޖެޓް ކޮމިޓީން ބުނާގޮތުން ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ބަޖެޓުން އުނިކުރީ އެކަން ކުރަން ބޭނުންވާ ފައިސާ ހަމަޖައްސާފައި ނެތުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް