އަންނަ އަހަރުގެ މާޗް 31ގެ ނިޔަލަށް އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން ހުއްޓާލާނެ ކަމަށް ރިޕޯޓްކޮށްފިއެވެ.

އިންޑިއާ ސަރުކާރުން މިގޮތަށް ނިންމީ އެޤައުމުގައި އުފުލެމުންދާ ފިޔާގެ އަގުތައް ތިރިކުރުމުގެ ބޭނުމުގައެވެ. އިންޑިއާއިން މި ނިންމުން އިޢުލާންކޮށްފައިވަނީ ބުރާސްފަތި ދުވަހުގައެވެ.

އިންޑިއާއިން ކުރިން ވަނީ ފިޔާގެ އެކްސްޕޯޓް މަދުކުރުމުގެ ގޮތުން، މިއަހަރުގެ ޑިސެމްބަރު 31 އާ ހަމައަށް މެޓްރިކް ޓަނަކަށް އެންމެ ކުޑަމިނުން 800 ޑޮލަރުގެ އެކްސްޕޯޓް އަގެއް ކަނޑައަޅާފައެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން ހުއްޓާލުމަށް ކަނޑައެޅިއިރު، ރާއްޖެއަކީ މައިގަނޑު ގޮތެއްގައި އިންޑިއާއިން ފިޔާ އެތެރެ ކުރާ ޤައުމެކެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޭއާން

10-Dec-2023

ޔާމީން ގޮޅައު އޮތެ ދެ ފިޔައި ދީފައި އިންޑިޔާ އައުޓް ކިޔެކިޔެއި ތިބެއުޓްރެންޑިން