ފުވައްމުލަކުގައި ރޭ ދަންވަރު މަގުމައްޗަށް ވެއްޓިފައިއޮތް ކުއްޖަކު ފުލުހުންނަށް ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ ފުވައްމުލަކުގައި ރޭ ދަންވަރު ފުލުހުން ޕެޓްރޯލް ކުރަނިކޮށް ސައިކަލަކާއެކު ވެއްޓިފައި އޮތް ކުޑަކުއްޖަކު ފެނިފައިވާ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ހާލު ސީރިއަސް ކަމަށެވެ.

“އެއީ 14 އަހަރުގެ ފިރިހެން ކުއްޖެއް. ކުއްކާގެ ޙާލު ސީރިއަސްކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވޭ.” ފުލުހުން ބުނެފައިވެއެވެ.

އެކުއްޖާ ފެނިފައިވަނީ މާލެގަން އަވަށުން، ބަހާރު މަގާއި ގާޒީ މަގާ ގުޅޭ ހިސާބުން ރޭ ދަންވަރު 3:40 ހާއިރުކަމަށާއި ކުއްޖާ ފެނުނުއިރު އޭނާ ދުއްވި ކަމަށް ބެލެވޭ ސައިކަލު ކައިރީގައި އޮތްކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން ގެންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން