--ގޯލްޑެން ލާޓޭ
--ގޯލްޑެން ލާޓޭ
މަޝްހޫރު ސެލެބްރިޓީ ޝެފް މާރތާ ސްޓުއާރޓްގެ ގޯލްޑެން ލާޓޭއަކީ އަނގައަށް މީރު އަދި ހަށްޓަށް ހެޔޮ ބުއިމެކެވެ. މިގޮތުން، ކޮފީގެ ބަދަލުގައި މި ލާޓޭގެ އެންމެ މައިގަނޑު ރޯލަކުން ފެނިގެންދާނީ ރީނދުލެވެ.

އިނގުރު އާއިލާއާއި ގުޅުން އޮންނަ ރީނދުލަކީ ކަރކިއުމާ ލޯންގާ ގަހުގެ މުލުން ނަގާ އެއްޗެކެވެ. އެތައް ސަތޭކަ އަހަރު ވާންދެން ކެއްކުމުގައި ބޭނުންކުރަމުން އަންނަ ރީނދުލަކީ ޗައިނާއާއި އިންޑިއާގައި އާޔުރްވެދިކް އަދި އެހެނިހެން ބޭސްފަރުވާތައް ކުރުމަށްވެސް ބޭނުންކުރާ އެއްޗެކެވެ.

ރީނދުލުގައި އެކުލެވޭ މައިގަނޑު މާއްދާ ކަމުގައިވާ ކަރކިއުމިންއަކީ އެންޓިއޮކްސިޑެންޓް އަދި އެންޓި-އިންފްލެމޭޓަރީ ސިފަތައް އެކުލެވޭ އެއްޗެކެވެ. ކިޑްނީގެ ބަލިތަކާއި، ލޮލުގެ މައްސަލަތަކުގެ އިތުރުން ކޮލެސްޓްރޯލް ދަށްކުރުމަށްވެސް ރީނދޫ އެހީތެރިވެދެއެވެ.

ގަސްގަހާއި ގެހިން ލިބޭ ކާނާ ބޭނުންކޮށްގެން ތައްޔާރުކުރާ ކާނާކެއުމަކީ ކެންސަރާއި ހިތުގެ ބަލިފަދަ ބޮޑެތި ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން، އިންފްލެމޭޓަރީ މައްސަލަތައް ކަމުގައިވާ އާތްރައިޓިސްއާއި، ކަށީގެ އެހެން ބަލިތަކާއި. ކޮލައިޓިސްއާއި، އެލާޖީތަކާއި އިންފެކްޝަންތަކުން ރައްކާތެރިވުމަށްޓަކައި ރީނދޫ ބޭނުންކުރެވިދާނެއެވެ.

ރީނދުލުން ލިބޭ ފައިދާތައް ހޯދުމަށް އެދޭ ފަރާތްތަކުން އަނގައަށް މީރު ބުއިމެއް ތައްޔާރުކުރާނަމަ މި ގޯލްޑެން ލާޓޭއަކީ ރަނގަޅު ޚިޔާލެކެވެ.

ބޭނުންވާ ތަކެތި

2 ޖޯޑު އާމަންޑް ކިރު،1 އިންޗި ރޯރީނދޫ (ތުނިކޮށް ކޮށާފައި ނުވަތަ މުގުރި ރީނދޫނަމަ ¼ ސައި ސަމުސާ މުގުރި ރީނދޫ)،1 އިންޗި އިނގުރު (މަށާފައި، ތުނިކޮށްކޮށައި، ކުޑަކޮށް ޗިސްކޮށްފައި)، 2 ސައި ސަމުސާ ވަރޖިން ކާށި ތެޔޮ، 1 މޭޒުމަތީ ސަމްސާ މާމުއި އަދި މުގުރި ފޮނިތޮށިކޮޅެއް

ތައްޔާރުކުރާނެ ގޮތް:

އާމަންޑް ކިރުފޮދުގެ ތެރެއަށް ރީނދޫ، އިނގުރު، ފޮނިތޮށި، ކާށި ތެޔޮ އަދި މާމުއި އެޅުމަށްފަހު، މެދު ގިނި މަތީހައި ކައްކާށެވެ. ކެކެން ފެށުމާއިއެކު، އުނދުނުގެ ގިނި މަޑުކޮށް ތެލީގައި މަތިޖަހައިގެން އިތުރު 5 މިނެޓު ވާންދެން ކައްކާށެވެ. ދެން އުނދުންމަތިން އޭތި ބާލައި، ޖޯޑަކަށް ފުރާނާލާށެވެ.

ހޫނުކޮށް ހުއްޓާ ވިސްކްކޮށްލައި، ފޮނަ އަރުވާލާށެވެ. ނުވަތަ ފިނިކޮށް ބޭނުންވާ ބޭފުޅުން އައިސް ކިއުބް އަޅާފައިހުރި ތައްޓަކަށް ކެއްކި ލާޓޭ ފުރާނާލިޔަސް އެންމެ ރަނގަޅެވެ. ދެން ޖޯޑުގެ މައްޗަށް މުގުރި ރީނދޫކޮޅެއް އެޅުމުން މި ބުއިން ތައްޔާރުވީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން