ފޮޓޯޖެނިކްވުމަކީ ދަސްކުރެވިދާނެ ހުނަރެކެވެ.
ފޮޓޯޖެނިކްވުމަކީ ދަސްކުރެވިދާނެ ހުނަރެކެވެ.
ފޮޓޯތަކުންނާއި ކެމެރާކުރިމަތީގައި ގުދުރަތީގޮތުން ރީތި ކަމަށް ބުނާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެކެވެ. އެއީ ހޮލީވުޑުން 1925 ވަނައަހަރު ތައާރަފްކުރެވިގެން މިއަދާ ހަމައަށްވެސް އޮތް ޚީޔާލެކެވެ. އެވާހަކަ ގަބޫލުނުކުރާށެވެ.

ފޮޓޯޖެނިކްވުން ނުވަތަ ފޮޓޯގައި ރީތިވުމަކީ ހުނަރެކެވެ. އެއީ ދަސްކުރެވިދާނެ ހުނަރެކެވެ.

ފޮޓޯ ނަގާވަގުތު ވަކި ގޮތަކަށް ހުއްޓިހުރުމުގެ ބަދަލުގައި ކޮންމެވެސް ކަމެއް ކުރާށެވެ. ހަރަކާތެއް ފުރިހަމަކުރާށެވެ. އެގޮތުން، ކުޑަކޮށް ހިނގާލެވިދާނެއެވެ. ބޮޑު ހިނިތުންވުމަކާއެކު، ފުން ނޭވައެއްލާށެވެ. އެކަން ތަކުރާރުކުރާށެވެ. އަދި ކެމެރާއާއި ދުރަށް ބަލާލުމަށްފަހު އަނެއްކާވެސް ކެމެރާގެ ލެންސަށް ނަޒަރު ގެންނާށެވެ. ފޮޓޯ ނެގޭ ވަގުތު މިގޮތަށް ކަންކަން ކުރަމުން ގެންދިޔުމަކީ އެ ތަސްވީރަށް ގުދުރަތީ އިހްސާސްތަކެއް ގެނުވައިދޭނޭ ކަމެކެވެ.

މީގެއިތުރުން، ތިމާގެ ހިތުގައިވާ އިހްސާސްތައް ނޫން އެހެން އިހްސާސެއް މޫނުމަތިން ދައްކަން ނޫޅޭށެވެ. ހައިރާންކުރުވާހާ ސީދާކޮށް ކެމެރާއަކުން އިހްސާސްތައް ނަގައިގަނެއެވެ. ވީމާ، ހަމަޖެހިފައި ހުރިނަމަ މޫނުގެ މަސްތައް ހަމަޖައްސާލައި، ހިނިތުންވެ، ސަކަރާތް ޖަހާލާށެވެ. ދެފޮޓޯގެ ދެމެދުގައި މަޖާ ޖޯކެއް ބުނެލުމަކީ ތަސްވީރު ނެގުމުގައި ހަރަކާތްތެރިވާ މާހައުލުވެސް ހަމަޖައްސާލާނެ ކަމެކެވެ.

ތިބާގެ ދެއަތުން ކުރާނެކަމެއް، ބާއްވާނެ ތަނެއް، ބާއްވާނެ ގޮތެއް ނޭނގޭނަމަ ތަސްވީރުތައް ވަރަށް ހުތުރުވެދެއެވެ. ވީމާ ދެއަތަށް ކޮންމެވެސް މަސައްކަތެއް ހަވާލުކުރާށެވެ. ދެއަތް ޖީބަށްލެވިދާނެއެވެ. ނޫނީ ފައިމަތީގައި ބާއްވައިލެވިދާނެއެވެ. ނުވަތަ ފޯނުނަގައިގެން ފޯނައި ކުޅެލާށެވެ.

މީގެއިތުރުން، ފޮޓޯތައް ރީތިކުރުމަށްޓަކައި ތުންފަތް ހުންނަ ގޮތަކީ ވަރަށް މުހިންމުކަމެކެވެ. ތުންފަތް ހަމަޖައްސާލާށެވެ. ތުންފަތް ފިއްތައި ބާރުކޮށްގެން ހުރުމުން ފޮޓޯ ހަޑިވެއެވެ. ވީމާ، ތުންފަތް ހަމަޖައްސާލުމަށްޓަކައި ފުންކޮށް އެތެރެއަށް ނޭވައެއްލައި ބޭރުކޮށްލާށެވެ. އަދި ނޭވާ ބޭރުކުރާއިރު އަނގަ މުޅިން ބަންދުނުކުރާށެވެ.

ގިނަފަހަރު ފޮޓޯތައް ރީތިވަނީ ފޮޓޯގައި ހުންނަ މީހާއާއި ރީތިވެގެނެއް ނޫނެވެ. އެއީ އެއްވެސް ގުޅުމެއް އޮތްކަމެއް ނޫނެވެ. ހުރިހާވެސް އެއްޗަކީ އައްޔެވެ. މަޑުމަޑު ރަންކުލައިގެ އަލީގައި ނަގާ ހިޔަނި އެޅިފައި ނުހުންނަ ފޮޓޯތަކަކީ އެންމެ ރީތި ފޮޓޯއެވެ. އަދި އެ އަލީގައި ނަގާ ފޮޓޯތަކުގައި މަޑު ހިނިތުންވުމެއް ދައްކާލެވިއްޖެނަމަ ނެގޭ ފޮޓޯތައް ވަކިން ފުރިހަމަވާނެއެވެ.

ތިމާގެ ތަސްވީރުތައް ބަލައި ދިރާސާކުރުމަކީ ގޯސްކޮށް ކުރެވޭ ކަންކަމާއި ރަނގަޅަށް ކުރެވޭ ކަންކަން ދެނެގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ. ފޮޓޯޖެނިކް މީހުންނަކީ މިދެންނެވި ކަންކަމަށް ސަމާލުކަންދޭ މީހުންނެވެ. އެމީހުންނަކީ މިފަދަ މައުލޫމާތުގެ ދެނެގަނެ އޭގެ ބޭނުން ކުރާ މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން