ބާސެލޯނާގެ ގޯލް ކީޕަރ މާކް އަންޑްރޭ ޓާރ ސްޓީގަނަށް ލިބުނު އަނިޔާއަކާއި ގުޅިގެން ބުރަކަށީގެ ސާޖަރީއެއް ކުރަން ޖެހިއްޖެ ކަމަށް ބާސާއިން ބުނެފިއެވެ.
އޮޕަރޭޝަނަށްފަހު ސްޓެގެން ކުޅުމާއި ދުރުގައި ހުންނާނީ 2 މަސް ދުވަހަށް ކަމަށް އޭނާއަށް ފަރުވާދެމުންދާ ޑޮކްޓަރުން ބުނެފައިވެއެވެ.
ސްޓެގެން އަށް އަނިޔާވީ ޖަރުމަންގެ ގައުމީ ޓީމްގެ ފަރިތަކުރުމެއްގެ ތެރެއިންނެވެ.
މިދިޔަ ސީޒަންގައި ބާސެލޯނާ އަށް ސްޕެނިޝް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ސްޓެގެންގެ ބަދަލުގައި މިވަގުތު ބާސާގެ މެޗްތަކުގައި ހަރަކާތްތެރިވުމަށް ހަމަޖެހިފައިވަނީ ކީޕަރ އިނާކީ ޕެނާއެވެ.

ކިޔުންތެރިންގެ ހިޔާލު