ޓައިމްސް މެގަޒިން އިން ހޮވާ "ޕާސަން އޮފް ދަ އިޔަރ" ނުވަތަ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ މީހެއްގެ ގޮތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓް ހޮވައިފިއެވެ.

ޓެއިލާއަށް މި މަގާމު ލިބުނީ މި އަހަރު އޭނާ ކުރިއަށްގެންދިޔަ "އިރާސް ޓުއާ"ގެ ކާމިޔާބީއަށް ފަހުއެވެ. މި ޓުއާއަށް ލިބުނު ބޮޑު ތަރުހީބަށްފަހު ޓެއިލާގެ އާމްދަނީ ވަނީ ދެގުނައަށް ބޮޑުވެފައެވެ. އަދި ޓުއާއަށް ލިބުނު ސޭލްސްއިން އެމެރިކާގެ ޓެކްސްއަށް ރެކޯޑް އަދަދެއް އިތުރުކުރެވިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޓޭލަރގެ އިރާސް ޓުއަރގެ މިއުޒިކްޝޯތައް ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށް ގެންގޮސްފައިވާއިރު، އަންނަ އަހަރުވެސް މިޓުއަރގެ ޝޯތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. 40 އަށްވުރެއް ގިނަ ލަވަ ހުށައަޅައިދޭ މިޓުއަރގެ ކޮންމެ ޝޯ އެއް ކުރިއަށް ދަނީ 180 މިނެޓަށް ކަމަށް ލަވަކިޔުންތެރިޔާ ވަނީ ޓައިމްސް މެގަޒިންއަށް ކިޔާދީފައެވެ.

ޓައިމް މެގަޒިން އިން ހޮވާ "ޕާސަން އޮފް ދަ އިޔަރ" އެވޯޑް ލިބެނީ ފާއިތުވި އަހަރު ދުނިޔޭގައި އެންމެ ބޮޑު ނުފޫޒު ފޯރުވި ކަމަށް ބެލެވޭ އިވެންޓަކަށް ނުވަތަ މީހުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން