އެމެރިކާ އަންހެނަކު ބޭބީ ޕައުޑަރ ކާންވެގެން އަހަރެއްގެ މައްޗަށް 3780 ޑޮލަރު ހަރަދުކުރާ ކަމަށް މީޑިއާއަކުން ރިޕޯޓްކޮށްފިއެވެ.

ލޫސިއާނާގެ ނިއު އޯލިއަންސްގައި ދިރިއުޅޭ ޑްރެކާ މާޓިން ނަމަކަށް ކިޔާ މޭކަޕް އާރޓިސްޓަކު ވަނީ ދުވާލެއްގެ މައްޗަށް 623 ގްރާމްގެ ޖޯންސަންސް އެލޯ އެންޑް ވިޓަމިން އީ ފުޅިއެއް ކެއުމަށް ބޭނުން ކުރާ ކަމަށް ބުނެފައެވެ. މާޓިން ބުނީ އޭނާ ކޮންމެ ދުވަހަކުވެސް އެ ފުޅިން ވަކިވަރެއް ކައި އުޅޭ ކަމަށެވެ. މާޓިންގެ ދަރިން ފެންވެރުވުމަށްފަހު ބޭބީ ޕައުޑަރ ފުޅި ރަހަބަލަމުން ޑްރެކާ އެންމެ ފަހުން އެކަމަށް ދެވިހިފަން ފެށީކަމަށް އޭނާ ބުނެއެވެ.

ސިއްހަތަށް އެއްވެސް ގެއްލުމެއް ވޭތޯ ސުވާލުކުރެވުމުން ޑްރެކާ ބުނީ ބޭބީ ޕައުޑަރ ކެއުމުގެ ސަބަބުން އޭނާގެ ސިއްހަތަށް ވަކި އަސަރެއް ނުކުރާ ކަމަށެވެ. އެހެން ނަމަވެސް، އޭނާ ބޭބީ ޕައުޑަރ ކާތަން ފެނުމުން ދަރިފުޅުވެސް އެ ކާން ބޭނުންވެގެން އުޅޭތީ ބިރުގަންނަ ކަމަށް ޑްރެކާ ހާމަކުރިއެވެ. އެހެން ނަމަވެސް، ޑްރެކާ ބުނީ އޭނާއަށް އޭނާގެ މިއެޑިކްޝަނާއި ދުރަށް ނުދެވޭނެ ކަމަށެވެ. އަދި އާއިލާއާއި ރައްޓެހިންނަށް އެކަން ސިއްރުކުރަން އުޅުންނަމަވެސް މިހާރު އެކަން ފަޅާ އަރާފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެކަން އެނގުމުން އާއިލާ މީހުން އޭނާގެ ސިއްހަތަށް ނުރައްކާވެދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ތުއްތު ކުދިންގެ ހަންގަނޑަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ މި ބޭބީ ޕައުޑަރ އަކީ ހަމައެކަނި ހަމުގައި އުނގުޅަން ބޭނުންކުރާ އެއްޗެއް ކަން ޖޯންސަންސް ބޭބީ ކުންފުނިން ވަނީ ވަރަށް ސާފުކޮށް ބުނެފައެވެ.

ޑްރެކާގެ މި އާދަޔާޚިލާފު ދެވިހިފުމަކީ "ޕިކާ" ނަމަކަށް ކިޔާ ބަލިއެއްގެ ސަބަބުން ދިމާވާ ޙާލަތެކެވެ. ޕިކާ ބަލިއަށް ހުށަހެޅޭ މީހުން ކެއުމަށް ޢާންމުކޮށް ބޭނުންނުކުރާ ތަކެއްޗަށް އެޑިކްޓްވެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

އެމް.އައި

10-Dec-2023

ޢެމެރިކާގެ ތާކުންތާކު ނުޖެހެޭ މާމޮޅު ވާހަކަ ކަމަށް ތިލިޔަނީ , ލިޔާނެ އެހެން ވާހަކައެއް ނެތިގެންތޯ. ޢެހެން ޤައުމެއްގެ މޮޅު ވާހަކައެއް ނެތީތޯ.



ޓްރެންޑިން