ރައީސް ޞާލިޙްގެ ސަރުކާރުގައި “އިންޑިއާ އައުޓް” ކިޔުން މަނާކޮށް ނެރުއްވި ރިޔާސީ ޤަރާރު މި ސަރުކާރުން ބާޠިލު ނުކުރާތީ ޕީއެންސީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، ޝިފާޤު މުފީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނެރުއްވި ޤަރާރުގައި ވަނީ އިންޑިޔާއާމެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެހެންކަމުން އިންޑިޔާއާމެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އެ ޤަރާރުގައި އަންގަވާފައިވެއެވެ.
މި ސަރުކާރުން ވެރިކަމަށް އައިސްފައިވަނީ އެ ޤަރާރު އުވާލާނެކަމަށް ބުނުމަށްފަހުއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ޤަރާރު ބާޠިލުކޮށްފައެއް ނުވެއެވެ.
އެކަމާ ގުޅިގެން ދާދިފަހުން ރައީސް ޑރ. މުޢިއްޒުގެ ޕީއެންސީން އިސްތިޢުފާދެއްވި ޝިފާޤު ވިދާޅުވީ “އިންޑިއާ އައުޓް” ގޮވާތީ ރައްޔިތުން ދުލުގައި ތަޅުއަޅުވައި ނެރުނު ޤަރާރު، އާރާއި ބާރު ލިބިހުރެ މި ސަރުކާރުން ބާޠިލު ނުކޮށްގެން އުޅޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.
“އިޚްލާޞްތެރިކަމެއް އޮތްނަމަ، ވެރިކަމުގެ މުލަދުވަހު އެކަންކުރީސް.” ޝިފާޤު ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން ޝިފާޤު ވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސާފު ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާތީ އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ.
އެގޮތުން އަސްކަރިއްޔާއާއި ޤައުމީ ސަލާމަތާ ގުޅުންހުރި މިހާބޮޑު ކަމެއް ކޮމާންޑަރ އިންޗީފް އަދި ޤައުމީ ސަލާމަތީ މަޖިލީހުގެ ރައީސްކަމާއި ދައުލަތުގެ އެންމެމަތީ ވެރިކަމުގައި ހުންނެވި މީހަކަށް ނުހޯދޭކަމުގައިވާނަމަ، އެމަނިކުފާނު ދައްކަވާ ޤައުމިއްޔަތާއި ވަޠަނިއްޔަތާއި މިނިވަންކަމުގެ ވާހަކައަކީ ހޮޅިވާހަކަތަކަކަށް ނޫނީ ނުވާނެ ކަމަށް ޝިފާޤު ވިދާޅުވެފައިވެއެވެ.
ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީގައި ހުރި ލިޔެކިޔުންތަކަށް ބެލިއިރު، ބައެއް ލިޔެކިޔުންތަކުން 77 އިންޑިއާ ސިފައިން ތިބިކަމަށް ފެންނައިރު، އެހެން ލިޔުންތަކުން 89 އެއްހައި ސިފައިން ތިބިކަމަށް ފެންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު