އެސް.ޓީ.އޯ އިން ތެޔޮ ވިއްކާ އަގު ހެޔޮ ކޮށްފިއެވެ.

އެސްޓީއޯއިން ބުނީ އެކުންފުނިން ވިއްކާ ތެލުގެ އަގު ހެޔޮކުރަން ނިންމާފައިވަނީ ތެޔޮ ގަންނަން ލިބޭ އަގު ހެޔޮ ވުމާއި ގުޅިގެން ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން އެސްޓީއޯގެ ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަންތަކުން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 14.33 ރުފިޔާއަށް ކަމަށާއި ޑީސަލް ލީޓަރެއް ވިއްކާނީ 14.62 ރުފިޔާއަށް ކަމަށް އެސްޓީއޯއިން މަޢުލޫމާތު ދީފައިވެއެވެ.

ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 14.73 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް 15.07 ރުފިޔާ އަށެވެ. އެހެންކަމުން މިއީ، ޕެޓްރޯލް ލީޓަރަކުން 40 ލާރި އަދި ޑީސަލު ލީޓަރަކުން 45 ލާރީގެ ހެޔޮވުމެކެވެ.



އެސްޓީއޯ އިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތައް އެސްޓީއޯއިން ތެޔޮވިއްކާ އަގުތަކަށް ގެންނާނެ ކަމަށްވެސް އެކުންފުނިން މަޢުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން