ޤާނޫނީ ވަކީލުން ތަމްސީލުކުރާ މެންބަރެއްގެ ގޮތުގައި ޖޭއެސްސީއަށް ޢަލީ ޢަބްދުއްލަޠީފު އިންތިޚާބު ކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޢަލީ އަބްދުއްލަޠީފް އިންތިޚާބު ވެފައިވަނީ 'ފަހި ވޯޓު' މެދުވެރިކޮށް މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ އިންތިޚާބު ކުރެއްވުމާ ގުޅިގެންނެވެ.

ޢަލީ އަބްދުއްލަޠީފް ގިނިކަންޏާ ވާދަކުރެއްވި މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ 659 ޤާނޫނީ ވަކީލުންގެ ތެރެއިން 443 ފަރާތަކުން މި އިންތިޚާބުގައި ވޯޓުލާފައިވެއެވެ. ޖޭއެސްސީގެ މެންބަރަކަށް ޢަލީ އިންތިޚާބުކުރަން ފެންނަ ކަމަށް ވޯޓު ދީފައިވަނީ 275 ވަކީލުންނެވެ. އަދި ނުފެންނަ ކަމަށް 168 ވަކީލުން ވަނީ ވޯޓު ދީފައެވެ.

ޖޭއެސްސީގެ ޤާނޫނުގެ 11 ވަނަ މާއްދާގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޢައްޔަންކުރެވޭ މީހެއްގެ މަޤާމު ހުސްވެއްޖެނަމަ، އެ މަޤާމެއް ހުސްވާތާ 30 ދުވަހުގެ ތެރޭގައި އަލުން އެ މަޤާމަށް މީހަކު ޢައްޔަންކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ޖޭއެސްސީގައި ޤާނޫނީ ވަކީލުން ތަމްސީލުކުރަށްވާ މެންބަރުގެ މަޤާމު ހުސްވެފައިވަނީ އެމަޤާމުގައި ހުންނެވި މާނިއު މަޤާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން