ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އިމިގްރޭޝަނުން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މިއަދު އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި އޮޕަރޭޝަންތަކުގައި ބިދޭސީންގެ އައިޑެންޓިޓީއާއި ވިޒާ ޗެކް ކުރުމަށްފަހު އިމިގްރޭޝަން ޤާނޫނާ ޚިލާފުވާ ބިދޭސީންނަށް ފިޔަވަޅު އަޅައި، އަދި ބިދޭސީން ޤަވާއިދުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް ކުރާނެއެވެ.



"މި ހާއްސަ އޮޕަރޭޝަން ކުރިއަށްދާއިރު، އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި، ސައްހަ ހުއްދައެއް ނެތި ރާއްޖޭގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްޗަށް އިމިގްރޭޝަންގެ ގާނޫނު ތަންފީޒު ކުރަމުންދާނެ ކަމުގައި ދަންނަވަމެވެ." އެ ބަޔާނުގައިވެއެވެ.

މިކަމުގެ މަގްސަދަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން މަދުކުރުމާއި މަސައްކަތް ކުރުމަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ކަންކަން ގަވައިދާ އެއްގޮތަށް ބައްޓަން ކުރުން ކަމުގައި އިމިގްރޭޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް