ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން،
ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން،
ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ ވެރިޔަކަށް ހުންނެވި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން، ހެޑް އޮފް އޮފީސް އޮފް ކޮމިޝަނަރުގެ މަގާމަށް އައްޔަންކޮށް، އެ މަގާމުގައި ކުރިން ހުންނެވި އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު، ޔޫނުސް ސޮބާހް ޕޮލިސް ކޮލެޖުގެ ވެރިޔަކަށް އައްޔަންކޮށްފި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ވެރިޔާގެ މަގާމާއި، ފުލުހުންގެ ތަރުޖަމާނުގެ މަގާމުވެސް ފުރުއްވާފައިވާ ޝިފާން މީގެ ކުރިން ވަނީ އައްޑޫ އާއި ފުވައްމުލައް ހިމެނޭ ރީޖަންގެ ފުލުހުންގެ ކޮމާންޑަރުކަން ވެސް ކުރައްވާފައެވެ. އަދި ހެޑް އޮފް މާލެ އޭރިއާގެ މަޤާމުވެސް ޝިފާން ވަނީ އަދާކުރަށްވާފައެވެ.

އޮސްޓްރޭލިއާއިން ތަޢުލީމު ޙާސިލް ކުރަށްވާފައިވާ، ޝިފާންގެ މަސްއޫލިއްޔަތަށް ދެންވާނީ ފުލުހުންގެ ސްޓްރެޓެޖިކް ޕޮލިސީތައް އެކުލަވާލައި ތަންފީޒުކުރުމާއި، ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ ޒިންމާ އަދާކުރުމުގެ އިތުރުން ފުލުހުންގެ އިދާރީ ކަންކަން ހިންގުމުގެ ޒިންމާ އުފުއްލެވުމެވެ.

ޕޮލިސް އެކަޑަމީއަށް އައްޔަނުކުރެއްވި ޔޫނުސް ސޮބާހަކީ ކްރިމިނަލް ލޯގެ ދާއިރާއިން ކިޔަވައި ވިދާޅުވެފައިވާ ބޭފުޅެކެވެ، އޭނާ 2013 ވަނަ އަހަރު ފުލުހުންގެ ހިދުމަތުން އިސްތިއުފާ ދެއްވުމަށް ފަހު އަލުން ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ ނިމިގެން ދިޔަ ވެރިކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން