ކުރީގެ ރައީސް ޔާމީނަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މަގުބޫލު ސިޔާސީ ލީޑަރުކަމަށާއި އެމަނިކުފާނު އަލަށް އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އާއި ގިނަބަޔަކު ގުޅެމުންދާ ކަމަށް އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު ވިދާޅުވީ ޔާމިން އުފައްދަވާ ޕާޓީއާއި މިވަގުތުވެސް ރާއްޖޭގެ އެކި ރަށް ރަށުން މެމްބަރުން ގުޅެމުން އެބަދާކަމަށް މަލީހު ވިދާޅުވި އެވެ.
މީގެ އިތުރުން ހުރިހާ ރަށެއްގެ ފޯމްތައް އަދި މާލޭގައި ހުންނަ މައި އޮފީހަށް ލިބިފައި ނުވާތީއާއި އަދި އައުމުގެ މަގުމަތީގައި ބައެއް ފޯމް ވާތީ އިލެކްޝަނަށް ފޯމް ހުށަހެޅުން ފަސްކުރެވިފައިވާކަމަށް މަލީހު ވިދާޅުވި އެވެ.
މަލީހު އިތުރަށް ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ އޮންލައިން ޕޯޓަލް އެކްސެސް އަދި ލިބިފައިނުވާތީ ހުރިހާ ފޯމެއްގެ ފިޒިކަލް ކޮޕީ އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ޖެހޭކަމަށެވެ.
ކުރީގެ ރައީސް ޔާމިން ވަނީ ޕީޕިއެމުން ވަކިވެވަޑައިގެން ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ނަމުގައި އާ ޕާޓީ އެއް އުފެއްދުމަށް މަސައްކަތް ފައްޓަވާފައެވެ. އެޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފައިވާއިރު ޕާޓީ ރަޖިސްޓްރީ ކުރަން ބޭނުންވާ 3000 މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެެވެ.

ރައީސް ޔާމީނަކީ މިވަގުތު ރާއްޖޭގެ އެންމެ މަޤުބޫލު ސިޔާސީ ލީޑަރު. އެމަނިކުފާނު އުފައްދަވާ ޕާޓީ ޕީއެންއެފްއަށް މިވަގުތުވެސް ރާއްޖޭގެ އެކި ރަށް ރަށުން މެމްބަރުން ގުޅިވަޑައިގަންނަވަމުން އެބަދޭ. ހުރިހާ ރަށެއްގެ ފޯމްތައް އަދި މާލޭގެ ފްރަންޓް އޮފީހަށް ލިބިފައި ނުވާތީއާއި އަދި 1/2
— Mohamed Maleeh Jamal (@maleehjamal) December 6, 2023
މަލީހު އިތުރަށް ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ އޮންލައިން ޕޯޓަލް އެކްސެސް އަދި ލިބިފައިނުވާތީ ހުރިހާ ފޯމެއްގެ ފިޒިކަލް ކޮޕީ އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ޖެހޭކަމަށެވެ.
ކުރީގެ ރައީސް ޔާމިން ވަނީ ޕީޕިއެމުން ވަކިވެވަޑައިގެން ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ނަމުގައި އާ ޕާޓީ އެއް އުފެއްދުމަށް މަސައްކަތް ފައްޓަވާފައެވެ. އެޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފައިވާއިރު ޕާޓީ ރަޖިސްޓްރީ ކުރަން ބޭނުންވާ 3000 މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެެވެ.
ކިޔުންތެރިންގެ ހިޔާލު