---ދޮންކޭލަކީ ބެރީއެއް، އެކަމު ސްޓްރޯބެރީއަކީ ބެރީއެއް ނޫން!
---ދޮންކޭލަކީ ބެރީއެއް، އެކަމު ސްޓްރޯބެރީއަކީ ބެރީއެއް ނޫން!
ބެރީއަކީ ގަހާއިބެހޭ ޢިލްމުގައި ބޭނުންކުރާ ލަފްޒެކެވެ. އަދި އިނގިރޭސި ބަހުގައި މި ލަފްޒު ބޭނުންކުރަނީ ބޮޓަނީގައި އެބަސް މާނަކުރާގޮތަކަށް ނޫނެވެ. އެނގޭ ހެއްޔެވެ؟ އަހަރެމެން މި ކިޔައިއުޅޭ ބްލެކްބެރީއާއި، ރާސްބެރީއާއި، ސްޓްރޯބެރީ ފަދަ "ބެރީ" ތަކަކީ ޢިލްމީގޮތުން ބަލާއިރު ބެރީއެއްކަމަށް ނުބެލެވެއެވެ. އެކަމަކު، ދޮންކޭލާއި، ބަރަބޮލާއި، އެވޮކާޑޯއާއި، ކިއުކަމްބާއަކީ ބެރީގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ. މިވީ ކިހިނެއް ހެއްޔެވެ؟

ބެރީއަކީ އޮށާއި ޕަލްޕް ހުންނަ ކާނާއެވެ. އާންމުކޮށްނަމަ "ޕެރިކާޕް"އެވެ. އެއީ މަލުގެ އޯވަރީއިން އުފެދޭ އެއްޗެއްކަމަށްވާއިރު، މޭވާގެ ޕެރިކާޕް އެކުލެވިގެންވަނީ 3 ފަށަލައެއްގެ މައްޗަށެވެ. އެއީ އެކްސޯކާޕްއާއި، މެސޯކާޕްއާއި، އެންޑޯސްކާޕް، މިއެވެ.

އެކްސޯކާޕްއަކީ މޭވާގެ ބޭރުންފެންނަން އެހުންނަ ތޮށިގަނޑެވެ. މޭބިސްކަދުރު ފަދަ ބެރީތަކުގެ ބޭރު ފަށަލަ ކައިއުޅުނު ނަމަވެސް، ދޮންކޭލުގެ ބޭރު ތޮށިގަނޑެއް ނުކައެވެ. މެސޯކާޕްއަކީ މޭވާގެ އާންމުގޮތެއްގައި ކައިއުޅޭ ބައެވެ. މިސާލަކަށް އާފަލެއްގެ ފޮނި، ހުދުބައެވެ. އެންޑޯކާޕްއަކީ އޮށާއި އެންމެ ގާތުގައި އޮންނަ ފަށަލައެވެ.

މި ތިން ފަށަލައަކީ ހުރިހާ މޭވާއެއްގައިހެން އެކުލެވޭ ތިން ފަށަލަކަމުގައިވާއިރު، ބެރީތައް ހާއްސަވަނީ ކީއްވެގެން ހެއްޔެވެ؟ ބެރީ ހާއްސަވަނީ އޭގެ އެންޑޯކާޕްގައި ހުންނަ ސިފަތަކެއްގެ ސަބަބުންނެވެ. އާންމުގޮތެއްގައި ބެރީތަކުގެ އެންޑޯކާޕް ހުންނާނީ ވަރަށް ތުނިކޮށެވެ. އަދި ޕެރިކާޕް ހުންނާނީ މަސްލައި ތެތްކޮށެވެ. ހަނދާންބަހައްޓަންޖެހޭ ކަމަކީ، މިއީ ހުރިހާ މޭވާއަކަށް ހެޔޮވަރު ގަވާއިދުތަކެއްނޫންކަމެވެ. ތޮށިގަނޑު ހަރުކޮށް ހުންނަ ކަރައާއި، ސިޓްރަސް މޭވާތަކަކީވެސް ހަމަ ބެރީގެ ބާވަތްތަކެވެ.

ބެރީއެއްކަމަށް ގިނަ މީހުން ކިޔާ ސްޓްރޯބެރީ ހިމެނެނީ "އެކްސެސަރީ ފްރުޓްސް" އޭ ކިޔޭ މޭވާގެ ތެރޭގައެވެ. މިއީ މަލުގެ އޯވަރީއިން އުފެދޭ މޭވާއެއް ނޫނެވެ. މިބާވަތުގެ މޭވާ އުފެދެނީ ފޯދެމުން އަންނަ މޭވާ ގަހުގެ ކޮންމެވެސް އެހެން ތަނަކުންނެވެ. އަދި ބެރީއަކަށް މިކިޔާ ރާސްބެރީ ނުވަތަ ބްލެކްބެރީ ހިމެނެނީ "އެގްރިގެޓް ފްރުޓްސް" ގެ ތެރޭގައެވެ. މިއީ ގިނަ އަދަދެއްގެ އޯވަރީތައް ގުޅި ލާމެހިގެން އުފެދޭ އެއް މަލުން ނުކުންނަ މޭވާތަކަށް ކިޔާ ނަމެކެވެ. މިބާވަތުގެ ގިނަ މޭވާއަކީ އެކްސެސަރީ ފްރުޓްސްގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ.

ބޮޓަނީއަކީ ވަރަށް އާދަޔާޚިލާފު ދާއިރާއެއް ދޯއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން