މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމު (ރީނު) ދަ ޑިމޮކްރެޓްސް އިން މިއަދު ވަކިވެވަޑައިގެންފިއެވެ.

ރީހާން ޕާޓީން ވަކިވެވަޑައިގެންފައިވަނީ ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގެ ނަތީޖާއާ މެދު ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ޕާޓީން ވަކިވެވަޑައިގަތްކަން މީސް މީޑިއާގައި ހާމަކުރެއްވި ނަމަވެސް، އޭނާ ދަ ޑިމޮކްރެޓްސްއިން ވަކިވެވަޑައިގަތް ސަބަބެއް ބަޔާންކުރައްވާފައި ނުވެއެވެ.

ރީހާން ވަނީ މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ނައިބް ރައީސްގެ (އަންހެން) މަގާމަށް ވާދަކުރައްވާފައެވެ. ނަމަވެސް އޭނާ އެ މަގާމަށް ހޮވިފައެއް ނުވެއެވެ.

ރީހާން މާލެ ސިޓީ ކައުންސިލަށް އިންތިޚާބުވީ އެމްޑީޕީގެ ޓިކެޓްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން