ޒަހީނުއްދީން ސަޢީދު   5 ޑިސެމްބަރު 2023 - 23:16
ހިޔާ ކޮންމެ ފުލެޓެއްގެ ކުލިން 200،000ރ. އުނި ކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓު ލިބުނު މީހުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ހަތް އަހަރަށް މިހާރު ދައްކަން ޖެހެނީ މަހަކު 5،300 ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް ފިނިޝިންއަށް ދިޔަ ޚަރަދުގެ އެވްރެޖަށް ބަލައި، މަހު ކުލި ކުޑަކުރަން މިއަދު ނިންމާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެގޮތުން ފްލެޓް ލިބުނު ފަރާތްތަކުން ފިނިޝިންގއަށް ދިޔަ އަގުގެ ހަރަދު ފޫބެއްދުމަށްޓަކައި 200،000ރ. އުނިކޮށް ދިނުމަށްޓަކައި ހިޔާ ފްލެޓްގެ ކުލި ހަތް އަހަރަށް ކުޑަކުރަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތަށް ހަމަޖެއްސުމުން ކުރިއަށް އޮތް ހަތް އަހަރު ހިޔާ ފްލެޓްގެ މަހު ކުއްޔަށް ދައްކަން ޖެހޭނީ 3،900ރ. ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިނަރެސްގެ ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މަހު ކުލި ވެސް ކުޑަކުރަން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވަނީ ރަށްރަށުގައި އަޅާފައި ހުރި ހައުސިން ޔުނިޓްތަކުގެ ކުލި 3،300ރ. އަށް ކުޑަކުރަން ވެސް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން