ފެނަކަ މުވައްޒަފުން ކަނޑަންޏާ، މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޒުލު ކުރުމަށް ރައްޔިތުންގެ މަޖިލީޙުގެ އެމްޑީޕީގެ ބައެއް މެންބަރުން ގޮވާލައްވައިފިއެވެ.
ފެނަކައިގެ މުވައްޒަފުން ވަކި ކުރަމުން އަންނަ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު، ޙުސައިން މުޙައްމަދު ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރެއްވުމުގެ ތެރެއިން ބައެއް މެންބަރުން ވަނީ ވަޒީރުންނަށް ރުހުން ނުދީ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރާނެ ކަމުގެ އިންޒާރު ދެއްވާފަވެއެވެ.
މި މައްސަލައިގައި ވާހަކަދައްކަމުން ޙުސައިން މުޙައްމަދު ވިދާޅުވީ މަޝްރޫޢުތަކަށް ނަގާފައިވާ މުވައްޒަފުންގެ ސިޔާސީ ފިކުރުގެ ސަބަބުން ނުވަތަ އެމްޑީޕީއަށް ނިސްބަތްވާތީ މުވައްޒަފުން ވަކިކުރުމަކީ ވަރަށް ދެރަވަރުގެ ކަމެއް ކަމަށެވެ. އަދި އެކަން ކުރަނީ ސަރުކާރުން ޚަރަދު ކުޑަ ކުރުމުގެ ނިޔަތުގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ގިނަ މަޤާމުތަކަށް ޢައްޔަންކުރައްވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިސް ބޭފުޅުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ތިކަން ތި ކުރައްވަނީ ސީދާ ޒާތީ ތައައްސުބެއްގެ ސަބަބުން." ވާހަކަ ނިންމަވާލައްވަމުން އޭނާ ވިދާޅުވިއެވެ.
ހުސައިން ހުށަހެޅުއްވި މި މައްސަލައަށް ތާއީދުކުރައްވަމުން ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވީ ސަރުކާރުން ރައްޔިތުން ނިކަމެތި ކުރާނަމަ މަޖިލީހުގެ މެޖޯރިޓީ ތަމްސީލުކުރައްވާ މެންބަރުންނަށް ބާރުގެ ބޭނުންކުރުމުގެ އިޚްތިޔާރު ލިބިގެންވާ ކަމަށެވެ.
އެގޮތުން، ހެންވޭރު ދެކުުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ ސަރުކާރުން ކެބިނެޓަށް ރުހުން ހޯދަން ބޭނުންވަންޏާ، ރައްޔިތުން ވަޒީފާއިން ވަކިކޮށްގެން ނުވާނެ ކަމަށެވެ.
"ބޭރުގެ ގައުމުތަކުގެ މީހުން ކެބިނެޓަށް ލާފައި ދިވެހި ރައްޔިތުންނަށް އެހެން ހެދުމުގެ ފުރުސަތު މަޖިލީހުން ނުދޭނަން. މި ސަރުކާރުގެ އެއްވެސް ވަޒީރެއްގެ އަތުގައި ބޭރުގެ ޕާސްޕޯޓެއް އޮތްތޯ ބެލުމުގެ މަސައްކަތެއްވެސް ކުރި. ނަމަވެސް މިހާރު މިވަގުތު ބޭރުގެ ޕާސްޕޯޓެއް އޮތް އެއްވެސް ވަޒީރަކު ނެތް. ގައުމީ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެހެން ގައުމުތަކުގެ މީހުން އައްޔަނުކޮށްފައި އެބަތިބި." ހުސެއިން ވިދާޅުވިއެވެ.
ޙުސައިން ވަނީ ރައީސުލްޖުމްހުރިއްޔާ މަގާމުން އަޒުލުކުރެއްވުމަށްވެސް އެމްޑީޕީ މެންބަރުންނަށް ގޮވާލައްވާފައެވެ.
"އަޅުގަނޑު ގޮވާލަން ރައީސް ޔާމީންއަށް ސަޕޯޓް ކުރާ ފެކްޝަނަށް މި ތަނަށް ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ އިމްޕީޗް ކުރުމަށް މުޒާހަރާ ކުރަން. އަޅުގަނޑު ގޮވާލަން އަޅުގަނޑުމެންގެ ޕީޖީ ގްރޫޕަށްވެސް ރައްޔިތުންނާއިމެދު މިގޮތަށް އަނިޔާވެރިކޮށް އަމަލުކުރަންޏާ، ސަރުކާރު މިގޮތަށް ނުބާއްވަން." ޙުސައިން އިތުރަށް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ރާއީ ވިދާޅުވީ ނިމިދިޔަ ސަރުކާރުން އެކިއެކި މަޝްރޫޢުތަކަށް ނަގާފައިވާ މުވައްޒަފުން މި ސަރުކާރުން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ކަނޑާލާ ކޮންމެ މުވައްޒަފަކަށް އަޅުގަނޑުމެން މި ތަނުން މިނިސްޓަރަކަށް ރުހުން ދިނުން ހުއްޓާލާނަން. އެކަން ނުކުރެވޭނެ. އެހެންވީމާ ބަދަލު ހިފުމުގެ ރޫހުގައި އެއްވެސް ކަމެއް އެއްވެސް ރަށެއްގެ މުވައްޒަފަކަށް އެގޮތަށް ކަން ކޮށްފި ނަމަ ރައީސް މުޢިއްޒުގެ ކެބިނަޓަށް ރުހުން ދޭކަށް ލާހިކު ކުޅަދާނައެއް ނޫން،" ވަޒީރުންނަށް ރުހުން ހޯދަން އަންނަން ޖެހެނީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހަކަށް ކަމަށް ހަނދާން ކޮށްދެއްވަމުން ރާއީ ވިދާޅުވިއެވެ.
ވެރިކަމަށް އައިސްފައިވަނީ އާމްދަނީ ލިބޭ ވަޒީފާތަކުން މީހުން ކަނޑާނުލާނެކަމުގެ ވައުދާއި އެއްކޮށް ކަމަށްވެސް އެމްޑިޕީ މެންބަރުން ވިދާޅުވި އެވެ. ނިލަންދޫ ދާއިރާއިގެ މެންބަރު އަލީ ރިޒާ ވިދާޅުވީ ސަރުކާރުގެ އިސް ވެރިން އަމިއްލަ "އިއްޒަތާއި ޖާހަތަށްޓަކައި" ދިދަޖެހި ކާރުކޮޅުތަކަށާއި ދަތުރުފުޅުތަކަށް މިލިއަނުން ޚަރަދުކުރައްވަމުންދާއިރު، ނިކަމެތި ރައްޔިތުމީޙާގެ ވަޒީފާ ގެއްލުވާލައިގެން ޚަރަދުކުޑަކުރަމުންދާ ކަމަށެވެ.
އައެމްޑީޕީ މެންބަރުން ވިދާޅުވީ ވަޒީރުންނަށް ރުހުން ދޭން ބޭނުންވި ނަމަވެސް، މިފަދަ ކަންތައްތަކާއި ގުޅިގެން ރުހުން ނުދިނުމަށް މަޖުބޫރުވާ ކަމަށާއި ފެނަކައަށް ވެއްދި ގިނަ މުވައްޒަފުން ވޯޓު ދެއްވީވެސް ރައީސް މުޢިއްޒަށް ކަމަށެވެ.
މި އަހަރުގެ ރިޔާސީ ކެމްޕެއިންގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސިޔާސީ ނޫން މަގާމުތަކުގައި ތިބި ޢާންމުން ވަޒީފާތަކުން ކަނޑާނުލާނެ ކަމަށް ވިދާޅުވެފައެވެ.
ޕީޕީއެމް-ޕީއެންސީ މެންބަރުން ބަހުސްގައި ވިދާޅުވީ އިބްރާހީމް މުޙައްމަދު ސާލިޙްގެ ސަރުކާރުގައި ރިޔާސީ އިންތިޚާބުގައި ވޯޓު ހޯދުމަށްޓަކައި ފެނަކައަށް ވަރަށް ގިނަ މުވައްޒަފުން ނަގާފައި ވާކަމަށެވެ. އެގޮތުން، ގިނަ މުވައްޒަފުންނަކީ އެއްވެސް ކަމެއް ނުކޮށް މުސާރަ ނަގާ މީހުން ކަމަށް ބައެއް މެންބަރުން ފާހަގަކުރައްވާފައި ވެއެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ "މަސައްކަތެއް ނެތް ކޮންޓްރެކްޓް މުވައްޒަފުން"ގެ ކޮންޓްރެކްޓްތައް އައު ނުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން، އެކުންފުނީގައި ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި 2000 މުވައްޒަފުން ވަޒީފާއަށް ނަގާފައިވާ ކަމަށް މުއާޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު