ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސިޔާސީ ބޭނުމަށް ރާއްޖޭގެ ޒުވާން އާބާދީ ޕަބްޖީ ކުޅެން ބައިތިއްބައިގެން ކަންނެތް ކޮށްލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެންބަރު މުޙައްމަދު ތާރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

ޓޮމް މިފަދައިން ވިދާޅުވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އާ ސަރުކާރުން ފެނަކައިގެ މުވައްޒަފުން ވަކި ކުރަމުން އަންނަ ކަމަށް ބުނެ، މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު، ޙުސައިން މުޙައްމަދު ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.



ތާރިގް ވިދާޅުވީ ޒުވާނުން މައިންބަފައިން ކައިރީގައި ތިބެވޭނެ ކަމަށް ބުނެ، ކުރީ ސަރުކާރުން 7000 ރުފިޔާގެ މުސާރައެއް ދީގެން ޒުވާނުން ކަންނެތް ކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ލޮޅުން އެރުމުގެ އިތުރަށް ބޮޑެތި އާމްދަނީ ހޯދުމުގެ ފުރުޞަތުންވެސް ޒުވާނުންނަށް މަހްރޫމްވެގެންދިޔަ ކަމަށް ތޯރިގު ވިދާޅުވިއެވެ.

އެގޮތުން، ނިމިދިޔަ ސަރުކާރުން އެޒުވާނުންނާއި އާއިލާގެ ފަރާތުން ވޯޓު ހޯދުމުގެ ނިޔަތުގައި އެތަކެއް ޒުވާނުން މާބޮޑު މަސައްކަތެއް ނެތް ކޮންޓްރެކްޓް ވަޒީފާތަކަށް ޢައްޔަންކޮށްފައިވާ ކަންވެސް ތާރިގު ފާހަގަކުރައްވާފައި ވެއެވެ.

"މުޅި ރާއްޖޭގެ އިގްތިސޯދުގެ ތެރޭގަ ޒުވާން އާބާދީއެއް ކަންނެތް ކޮށްލާފަ، ހަމަ އެކަނި ޕަބްޖީ ކުޅެން ގޭތެރޭގައި ބައިތިއްބައިގެން މިތިބަ ސިޔާސީ ބޭފުޅުން، މިމީހުންގެ ނާޖައިޒު ފައިދާ ނަގަން ވެގެން ހަމައެކަނި ސިޔާސީ ބޭނުމަށްޓަކައި ވަޒީފާތަކެއް ދީފަ، މުޅި ރާއްޖެ މިދަނީ ބަނގުރޫޓޫވުމާއި ދިމާލަކަށް." ޓޮމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން