ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޚިޔާނާތުގެ މައްސަލައިގައި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
ބަައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެފްއޭއެމްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތު ކުރެވޭ މައްސަލައިގައެެވެ. އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރެފައިވަނީ އެމައްސަލަ ތަހުގީގު ކުރަމުންދާތީ ފުލުހުންގެ އެދުމަކަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަހުމަދު ޝަމީމް މީގެ ކުރިން ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކުރިއަށްގެންދާ ތަހުގީގުގައި އެންމެ ބޮޑަށް ކުށުގެ ތުހުމަތު ކުރެވެނީ ބައްސާމަށް ކަމަށެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލަ ބަލަން ފެށީ ޕީޖީ އޮފީހުން ފުލުހުންގެ މައްޗަށް ނެރުނު އަމުރަކާއި ގުޅިގެންނެވެ.
އެފްްއޭއެމްއާ ގުޅޭ ފައިސާގެ މައްސަލަތަކެއް ތަހުގީގުކުރުމަށް ފުލުހުން "އެފްއޭއެމް ހައުސް" އިމާރާތަށް މިދިޔަަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ވަދެ ބަލައި ވަނީ ފާސްކޮށްފައެވެ.
އެފްއޭއެމަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ވަނީ އަމާޒުވެފައެވެ. އެގޮތުން ފުޓުބޯޅައިގެ ބައެއް ހިންގުންތެރިންނާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު އިސްވެ ހުންނަވައި ކޮރަޕްޝަންގެ އަމަލުތައް ހިންގަވަމުން ގެންދަވާ ކަމަށް ޕީޖީ އޮފީހުން ތުހުމަތުކުރެއެެވެ.

ކިޔުންތެރިންގެ ހިޔާލު