ބާރ ކައުންސިލްގެ އެކްސްކޯ މެންބަރުން
ބާރ ކައުންސިލްގެ އެކްސްކޯ މެންބަރުން
ވަކާލާތު ކުރުމުގެ ހުއްދަ ނެތުމުން ޝުޖާއު އާއި ޒުބައިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމަށް ޝަރުތު ހަމަނުވާކަމަށް ބާރ ކައުންސިލުން ނިންމައިފިއެވެ.

ބާރ ކައުންސިލުން ބުނެފައިވަނީ، ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޒުބައިރު މުހައްމަދުގެ ވަކީލުކަމުގެ ހުއްދަ ސުޕްރީމް ކޯޓުން ނަގާފައިވާކަމަށެވެ. އެހެންކަމުން ޝުޖާއު އާއި ޒުބެއިރު މެމްބަރުކަމަށް ޝަރުތު ހަމަނުވާ ކަމަށް ބާރ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.

އެ ދެ ބޭފުޅުން ޝަރުތު ހަމަނުވާތީ، ޖޭއެސްސީއަށް ވަކީލުންގެ ތެރެއިން ބޭފުޅަކު އައްޔަނުކުރުމަށް ބާއްވާ އިންތިހާބުގައި ވާދަ ކުރަނީ ބާ ކައުންސިލްގެ އެކްސޯ މެންބަރު އަލީ އަބްދުލް ލަތީފް އެކަންޏެވެ.

ޖޭއެސްސީގެ މެމްބަރުކަމަށް ޝުޖާއު އަދި ޒުބައިރު ކުރިމަތިލެއްވީ އެ މަގާމުގައި ހުންނެވި އަބްދުލް މާނިއު ހުސެއިން މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އެމަގާމަށް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައެވެ.

ޖޭއެސްސީއަށް އާ މެމްބަރަކު އިންތިހާބުކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން