ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާ އެއްގޮތަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން، ކުންފުނީގެ ރަސްމީ ދަތުރު ޚަރަދުތައް އާންމު ކުރަން ނިންމާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

އެފްޑީސީން އިއްޔެ ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އެއްގޮތަށް، ކޮންމެ ދަތުރެއް ނިންމާތާ 15 ދުވަހުގެ ތެރޭގައި އެފްޑީސީން ކުރާ ރަސްމީ ދަތުރުފަތުރުގެ ޚަރަދުތައް ހާމަކުރާނެ ކަމަށެވެ.



ރައީސް އޮފީހުންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުތައް ނިމޭތާ 15 ދުވަސްތެރޭގައި އެ ދަތުރުތަކުގެ ތަފްސީލްތައް ހާމަކުރާނެ ކަމަށް ބުނެފައެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މިއީ ރަސްމީ ދަތުރުފުޅުތަކުގެ މަޢުލޫމާތު ހޯދަން އަބަދުވެސް ނޫސްވެރިން ވަރަށް މަސައްކަތްކުރަން ޖެހޭކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާތީ ނިންމެވި ނިންމެވުމެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި ހަވާލުވެވަޑައިގެން މިހާތަނަށް ވަނީ ދެ ޤައުމަކަށް ވަޑައިގެންފައެެވެ. އެއީ ތުރުކީވިލާތަށާއި ޔޫއޭއީއަށެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން