ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކޮއްކޯފުޅު އަދި ރައީސް އޮފީހުގެ އިސް މަގާމްތަކެއް ގިނަ ދުވަހު ފުރުއްވާފައިވާ ފާތިމަތު މުހައްމަދު ޞާލިހު (ފާތޭ) ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް މިއަދު އައްޔަން ކުރައްވައިފިއެވެ.

ފާތިމަތު މުހައްމަދު ޞާލިހު (ފާތޭ) އަކީ 1986 ވަނަ އަހަރު ރައީސް އޮފީހުގެ ވަޒީފާއާ ގުޅިވަޑައިގަތުމަށްފަހު 37 އަހަރު އެ އޮފީހުގައި މަސައްކަތް ކުރެއްވި ކަނބަލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް މިއަދު ފާތޭ އައްޔަނު ކޮށްފައިވާކަމަށެވެ. އަދި އެކަމަނާ އެ މަގާމަށް އައްޔަންކުރެއްވީ މަޖިލިހުގެ ރައީސްގެ މަސައްކަތްތަކަށް މުވައްޒަފުން ކަނޑައަޅަން މަޖިލިހުގެ ގަވާއިދުގެ ދަށުން މަޖިލިހުގެ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

ކުރީގެ ރައީސުންކަމަށްވާ، ރައީސް މައުމޫން، ރައީސް ޔާމީން އަދި ރައީސް ސާލިހުގެ އަރިހުގައި، ސެކްރެޓޭރިއަޓް މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ފާތޭ ރައީސް އޮފީހުގެ ވަޒީފާއިން ވަކިވެވަޑައިގަތީ މިދިޔަ މަހު، އެކަމަނާގެ ބޭބޭފުޅު ރައީސް ސާލިހުގެ ރިޔާސީ ދައުރު ހަމަވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން