ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަން މަސައްކަތްކުރާ ޕީޕަލްސް ނެޝަނަލް ފްރަންޓް، ޕީއެންއެފް އުފެއްދުމަށް ބޭނުންވާ ފޯމްތައް އަންނަ ބުރާސްފަތިދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް އުފެއްދުމުގެ ހުއްދަ ރައީސް ޔާމީންގެ ދަރިކަލުން، ޒޭން ޔާމީނަށް ދިނީ މިދިޔަމަހުގެ 29 ވަނަ ދުވަހުއެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާއެކު ޕީއެންއެފުން ދަނީ އެ ޕާޓީއަށް މެމްބަރުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.



ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު ވަނީ ފޯމުތައް ޗެކްކުރުމުގެ ކަންކަން ނިމިއްޖެ ނަމަ ބުރާސްފަތި ދުވަހު އިލެކްޝަނަށް ފޯމު ހުށަހަޅަން ތައްޔާރު ވަމުންދާކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވީ، ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުންނާއި ރައީސް ޔާމީނާއި ދެމެދު އުފެދުނު މައްސަލަތަކެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން