ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމަށް ވެއިޓިންގ ލިސްޓެއް ހަދަން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓަރ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން އެ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެެވެ. އެ ޕެޓިޝަނަކީ ނިމިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4000 ފުލެޓް ލިބޭ މީހުންގެ ލިސްޓް ބާތިލް ނުކުރުމަށް އެދި މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަކެވެ. އެ ކޮމެޓީގައި ވާހަކަދައްކަވަމުން ހައިދަރު ވިދާޅުވީ ކޮންމެ ފަހަރަކު ބޯހިޔާވަހިކަމަށް ބަޔަކު ހޮވުމުގެ ބަދަލުގައި، ބޭނުންވާ މީހުންގެ ވެއިޓިން ލިސްޓެއް އެކުލަވާލަން ގަސްދުކުރައްވާ ކަމަށެވެ. އަދި ގާނޫނަށް ބަދަލުގެނެސްގެން ވިޔަސް، މިނިސްޓްރީން އެފަދަ ލިސްޓެއް ތައްޔާރުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި، މައިގަނޑު ގޮތެއްގައި ބޯހިޔާވަހިކަމަށް ބޭނުންވާ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތަށް ބަލާނެ ކަަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މި ލިސްޓު އެކުލަވާލުމުން އެކަމަށް ލުއިފަސޭހަތައް ލިބިގެންދާނެ ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ލިސްޓުގެ އެހީގައި ދެނެގަނެވޭނެ ކޮބާކަން ރައްޔިތުންގެ ތެރެއިން އެންމެ ބޮޑަށް ބޯހިޔާވަހިކަން ހޯދައިދޭންވީ ބަޔަކީ. (އެމީހުން) އައިޑެންޓިފައި ކޮށްގެން ލިބޭނެ ގޮތަކަށް ހަމަޖައްސަން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ހައިދަރު އިތުރަށް ވިދާޅުވީ ފްލެޓްތައް ދޫކުރެވޭނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގާ ތަހުގީގު ނިމުމުން ކަމަށެވެ.

ނިމިދިޔަ ސަރުކާރުން ވަނީ މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް ފްލެޓާއި ގޯތި ދޫކުރުމުގެ ދެ ބުރެއް ކުރިއަށް ގެންގޮސްފައެވެ. އެ ދެބުރުގައިވެސް ގިނަ ބަޔަކު ވަނީ ފޯމު ހުށައަޅާފައެވެ. އަދި އެފޯމުތައް ބާތިލު ނުކުރައްވާނެ ކަމަށް ރައީސް ޑރ މުއިއްޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ކުރުސީގެ ދަރި

05-Dec-2023

ރައްޔިތުންގެ މަޖިލިސް އުވާލަން ގޮވާލަން


1

ކެޔޮޅުބެ

05-Dec-2023

އޭސީސީގެ މެންބަރުން ނައް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖުލިސް މެމްބަރުންނަށް ގޮވާލަން.



ޓްރެންޑިން