ކުރިއަށް އޮތް ރައްޔިތުން މަޖުލިސް އިންތިޚާބުގެ ކެމްޕެއިންގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ފޮޓޯފުޅު ބޭނުންނުކުރުމަށް ޔާމީންގެ އައު ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު އިލްތިމާސްކުރައްވައިފިއެވެ.

މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަލީހް ވަނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކަށް ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންގެ ކެމްޕެއިން ޕޯސްޓަރ ތަކުގައި ރައީސް ޔާމީންގެ ފޮޓޯފުޅު ބޭނުންކުރައްވާކަން ފާހަގަކުރައްވާފައެވެ. އޭނާ ކުރެއްވި ޕޯސްޓުގައި ވަނީ ކުރީގެ އައްޑޫ ފޭދޫ ދާއިރާގެ މެންބަރ އިބްރާހީމްދީދީ (އައިބީ)ގެ ކެމްޕެއިން ޕޯސްޓަރެއް ހިއްސާ ކުރައްވާފައެވެ. އަލުން މަޖިލީހަށް ކުރިމަތިލައްވާ އައިބީގެ އެ ޕޯސްޓަރގައި ވަނީ ރައީސް ޔާމީންގެ ފޮޓޯފުޅު ހިމަނުއްވާފައެވެ.



ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ރައީސް ޔާމީންގެ އެންޑޯސްމަންޓް ދެއްވާފައި ނުވާނެކަން މަލީހް ވަނީ ހާމަކުރައްވާފައެވެ. އެހެންކަމުން، އެކިއެކި ބޭފުޅުން އެމަނިކުފާނުގެ ފޮޓޯފުޅު ކެންޕެއިންގައި މިވަގުތު ބޭނުންކުރުމަކީ ޕާޓީއިން ރުހޭ ކަމެއް ނޫންކަމުގައިވެސް މަލީހު ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން