ފެނަކައިގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސަރުކާރުގެ ޔޫޓިލިޓީ ކުންފުނި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ފެނަކައިގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރިކޯޑު ފޯމް ސާފުކުރަމުންދަނީ ކުންފުނީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް މުއާޒް ވިދާޅުވިއެވެ.

ފެނަކައިގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، 2019 ވަނަ އަހަރު ފެށުނުއިރު ކުންފުނީގައި 2،756 މުވައްޒަފުން ތިބި ނަމަވެސް މިހާރު އެ ކުންފުނީގައި 8،126 މުވައްޒަފުން ދަނީ ވަޒީފާ އަދާކުރަމުންނެވެ.

މިދިޔަ އަހަރު އެކަނިވެސް 747 މީހުން ފެނަކައަށް އިތުރުވެފައިވާ ކަމަށް މި ސަރުކާރުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން