މަޖިލީހުގެ ނާއިބު ރައީސް ހޮވުމަށް ރޭ ނެގި ވޯޓް ގައި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ތްރީލައިން ވިޕާއި ހިލާފުވި މެންބަރުންނަށް ފިޔަވަޅު އަަޅަން ފޮނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގެންނަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާފައިވަނިކޮށް އެ ވިޕާ ދެކޮޅަށް އެޕާޓީގެ ބައެއް މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. އެ މަގާމަށް ސަލީމް ކުރިމަތިލުމަށް އިއްޔެ ހަވީރު އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ނެގި ވޯޓަކުން ނިންމާފައި ވަނިކޮށް ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރުގެ ނަން ފަހު ވަގުތު ޖަލްސާއަށް ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ.

އެމްޑީޕީގެ ނިންމުމާއި ދެކޮޅު ހަދާ ތްރީލައިންވިޕާއި ހިލާފުވުމުން ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ އެމައްސަލަ ފިޔަވަޅު އަޅާ ކޮމެޓީއަށް ފޮނުވާނެ ކަމަށެވެ.

"ވަރަށް ބޮޑަށް މާފާއެކު ދަންނަވަން، ހިތާ ދެކޮޅަށް ވެސް ވިޕާ ހިލާފުވި ފަރާތްތަކަަށް ފިޔަވަޅު އެޅުމަށް ކޮމެޓީއަށް ފޮނުވާނަން،" އެމްޑީޕީގެ ގައުމީ މަޖިލިސް ގުރޫޕަށް ފޮނުއްވި މެސެޖުގައި ފައްޔާޒު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސަކު ކަނޑައެޅުމަށް ރޭ ނެގި ސިއްރު ވޯޓްގައި އެެ މަގާމަށް ސަލީމް އިންތިހާބުވެވަޑައިގަތީ 51 މެމްބަރުންގެ ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރަށް ލިބިވަޑައިގަތީ 23 ވޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން