އއ. ދިގުރަށުގައި މަރާލުމަށް ފަހު ކޮތަޅަކަށް ލައި ކުނި ގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކުޑަކުއްޖާގެ މަންމަ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ އއ. ދިގުރަށުގައި މަރާލުމަށް ފަހު ކޮތަޅަކަށް ލައި ކުނި ގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާއަކީ ބިދޭސީ އަންހެނެއް ކަމަށެވެ. އޭނާ ހައްޔަރު ކުރީ ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓަށް ފުރަން ގޮސް ހުއްޓާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އއ. ދިގުރަށުގައި ތުއްތު ކުއްޖަކު ކޮތަޅަކަށް ލައި ކުނި ގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 09:20 ހާއިރު ކަމަށެވެ. އަދި އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ރަސް އޮންލައިން އަށް މައުލޫމާތު ލިބިފައިވާގޮތުގައި ތުއްތު ކުއްޖާ އަކީ ދިގުރަށުގައި ހުންނަ ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކު ވިހެއި ފިރިހެން ކުއްޖެކެވެ.

ތުއްތު ކުއްޖާގެ ހަށިގަނޑު ފެނުނުއިރު އޮތީ ފޫޅު ދަނޑި އާއި ވެސް އެއްކޮށެވެެ. ދިގުރަށު ވޭސްޓް މެނޭޖްމަންޓު ސެންޓަރުގައި މަސައްކަތްކުރާ ބިދޭސީއަކަށް އެކުއްޖާ ފެނުނީ

ރަށުގެ ގެތަކުންނާއި ގެސްޓް ހައުސްތަކުން ނެގި ކުނި ކޮތަޅެއްގެ ތެރޭގައި އޮއްވައެވެ. ކުއްޖާ ފެނުނީ ކުނި ކޮތަޅުތައް ގޮނޑަށް ގެންގޮސް، އެ އެއްޗެހި ނައްތާލުމަށްޓަކާ ކޮތަޅުތަކުން ކުނި ނަގަނިކޮށް ކަމަށް ދިގުރަށު ކައުންސިލުން ވަނީ ބުނެފައެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު


4

....

03-Dec-2023

އދ. ދިގުރަށް



ޓްރެންޑިން