މިއަދު ހެނދުނު ދިގުރަށުގެ ކުނިގޮނޑުން ފެނުނު ކުއްޖާއަކީ ބިދޭސީ އަންހެނަކު ވިހާފައި އެއްލާލި ތުއްތު ކުއްޖެއް ކަމަށް ތުހުމަތު ކުރެވިފައިވާ ކަމަށް ރަށުގެ ޒިންމާދާރު ބޭފުޅަކު ވިދާޅު ވެއްޖެއެވެ.

"ރަސް އޮންލައިން" އަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ތުއްތު ކުއްޖާއަކީ ބިދޭސީ އަންހެނެއްގެ ކުއްޖެއްކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެހެން ނަމަވެސް، އެ އަންހެންމީހާއަކީ ރާއްޖޭގައި މަސައްކަތްކުރާ ވާކް ޕާމިޓް އޮންނަ މީހެއް ކަމެއް ނުވަތަ ޓޫރިސްޓް ވިސާގައި އައި ފަތުރުވެރިއެއް ކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.

ނަން ހާމަކުރަން ބޭނުންނުވާ މަސްދަރަކުން ވިދާޅުވީ މިވަގުތު އެ އަންހެންމީހާ ހުރީ މާލޭގައި ކަމަށެވެ. އަދި އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ބުނެފައި ވެއެވެ.

މި މައްސަލައާއި ގުޅިގެން 30 އަހަރުގެ ސްރީލަންކާ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދީފައި ވެއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ދިގުރަށުން މާލެ އައިސް، ސްރީލަންކާއަށް ފުރަންވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުއްޓާއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން